ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 105 އަށް އަރައިފި އެވެ.

އެނގިފައިވާ ގޮތުގައި މިރޭ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 66 އަހަރުގެ އަންހެނެކެވެ.

ކޮވިޑް-19 ބަލިމަޑުކަމުގައި ރާއްޖެއިން ނިޔާވާ މީހުންގެ އަދަދު ފާއިތުވި ދެ ހަފުތާއެއްގައި ވަނީ އިތުރުވެގެން ގޮސްފަ އެވެ. އަދި މިބަލި ޖެހޭ މީހުންގެ އަދަދު ވެސް އިންތިހާއަށް އިތުރުވަމުން އަންނައިރު މިހާރު ވެސް ހޮސްޕިޓަލުގައި 268 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

މި ވަގުތު 16،900 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ.