ސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ހާއްސަ ދެ ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފްލައިޓަކީ ސްކޫލު ބަންދާ ދިމާކޮށް ބޭއްވުމަށް ނިންމާފައިވާ ދަތުރުތަކެއް ކަމަށެވެ.
ޓްރިވެންޑްރަމާއި ކޮޗިންއަށް ބާއްވަން ހަމަޖައްސާފައިވާ ފްލައިޓުތަކުގެ ޓިކެޓް ގަންނަން ބޭނުންވާ މީހުންނަށް މޯލްޑިވިއަންގެ އޮފީހުން ޓިކެޓް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް މޯލްޑިވިއަނުން އަދި މި ދެ ދަތުރުގެ ޓިކެޓްގެ އަގުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.
ޖެކޮލިންއަށް ހަދިޔާއަކަށް ހެލިކޮޕްޓަރެއް ފޮނުވައިފި
އީރާނުގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް
2،600 ޓޫރިއްޓުންނާ އެކު ކްރޫޒްލައިނާއެއް ރާއްޖޭގައި