ދިވެހިންނަށް އެންމެ ކަމުދާ ބްރޭންޑުގެ ޕާނަކީ ކޮބައިތޯ ބެލުމުމުގެ ސާވޭއެއް އެސްޓީއޯއިން ފަށައިފި އެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އާއްމުންނަށް އެންމެ ކަމުދާ ޕާން ބްރޭންޑު ހޯދުމުގެ ސާވޭއެއް ފަށާފައިވާ ކަމަށެވެ. މި ސާވޭގައި ބަލަނީ ދިވެހިންނަށް އެންމެ ކަމުދާ ދިވެހި ބްރޭންޑުތައް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ޕާން ގަންނައިރު އާއްމުން އެންމެ ގިނައިން ބަލާ ކަންކަން ބުނެދިނުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައިވެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި ސާވޭއިން ދިވެހިންނަށް އެންމެ ކަމުދާ ތިން ބްރޭންޑެއް ބަލައި އެ ބްރޭންޑްގެ ޕާން އެސްޓީއޯ ސުޕަމާޓުގައި ވިއްކަން ބަހައްޓާނެ ކަމަށެވެ.
އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ބާއްވާނެ ތާރީހެއް ކަނޑަނާޅާ
"ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދަވައިފި
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް
ބޯގޯސް
އެންމެ ރަގަޅީ ޖަޕާން، ދުއްޕާން ، ނުފޮރޮއްޕާން.