ނިދުމުގެ ކުރިން ކުރާ ކަންކަމަކީ އޭގެ ސަބަބުން އަހަރުމެންގެ ނިންޖަށާއި ޖެހިގެން އަންނަ ދުވަހުގެ މޫޑު ހުންނަ ގޮތަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަންކަމެވެ. އެހެންކަމުން ނިދުމުގެ ކުރިން ކުރާ ރަނގަޅު އާދަތައް އަހަރުމެންގެ ގައިގައި އަށަގެންނެވުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ.
މިލިޔުމުގައި މިބަލާލަނީ ކާމިޔާބު މީހުން ނިދުމުގެ ކުރިން ކުރަން އާދަކޮށްފައިވާ ބައެއް ކަންކަމަށެވެ. އެކަންތަކުގެ ސަބަބުން އެ މީހުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކުގެ މައްޗަށެވެ.
ފޮތް ކިޔުން:
މާހިރުން ބުނާ ގޮތުގައި ފޮތް ކިޔުމަކީ ކާމިޔާބު ގިނަ މީހުން ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް ކުރާ ކަމެކެވެ. އެގޮތުން ފޮތް ކިޔުމަކާ ކާމިޔާބު ވިޔަފާރިވެރިން ކުރާކަމެއްގެ ކަމުގައި ލިޔުންތެރިޔާ މައިކަލް ކޭރް ބުނެފައިވެ އެވެ. މަސައްކަތާއި ގުޅޭ ލިޔުންތައް ނޫނަސް ދުވަހުގެ ހަބަރުތަކާއް ނުވަތަ ވާހަކަފޮތެއް ކިޔުމަކީ ނިދުމުގެ ކުރިން އެ މީހުންގެ އާދައެކެވެ.
ފާއިތުވި ދުވަހާ މެދު ފިކުރުކޮށް ހިތްސާފު ކުރުން:
އެދުވަހު ކުރެވުނު ކަންކަމާއި ޙާސިލް ކުރެވުނު ކަންކަމަށް ނިދުމުގެ ކުރިން އަލިއަޅުވާލުމަކީ ނިދުމުގެ ކުރިން ކާމިޔާބު މީހުން ކުރާ ވަރަށް މުހިންމު ކަމެއް ކަމުގައި ކޭރް ބުނެ އެވެ. އެކަންކަމުން އިބްރަތް ހާސިލްކޮށް ދިރިއުޅުން ބައްޓަން ކުރަން އެ މީހުން ވިސްނަ އެވެ. އަދި ހަމަ އެހެންމެ ނިދުމުގެ ކުރިން ހިތް ސާފުކޮށް ކުރިއަށް އޮތް ދުވަސްތަކަށް "ޕޮޒިޓިވް" ވިސްނުމެއް ބެހެއްޓުމަކީ ވެސް ކާމިޔާބު މީހުން ކުރާ ކަމެކެވެ.
އާއިލާއާއެކު ވަގުތު ހޭދަކުރުން:
މަޝްހޫރު ސައިކޮލޮޖިސްޓް މައިކަލް ވުޑްވާޑް ބުނާ ގޮތުގައި ނިދުމުގެ ކުރިން ބައިވެރިޔާއާއެކު ވަގުތު ހޭދަކޮށް ދަރިންނާއެކު ވާހަކަ ދައްކާލާ ހެދުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު ކަމެކެވެ. ވަޓް މޯސްޓް ސަސްސަސްފުލް ޕީޕަލް ޑޫ ބިފޯ ބްރެކްފާސްޓްގެ ލިޔުންތެރިޔާ ލައުރާ ވަންދޭރްކަމް ވަނީ އޭނާގެ ފޮތުގައި ނިދުމުގެ ކުރިން އާއިލާއާއެކު ވަގުތު ހޭދަކުރުމަކީ ކާމިޔާބު މީހުންގެ މެދުގައި އާއްމު އާދައެއް ކަމަށް ބުނެފަ އެވެ.
ވަޒީފާގެ ހިޔާލުތަކާ ދުރުވުން:
ނިދުމުގެ ކުރިން ވަޒީފާގެ މަސައްކަތް ކުރުމަކީ ކާމިޔާބު މީހުން ކުރާކަމެއް ނޫން ކަމަށް ކޭރް ބުނެ އެވެ. ކޭރް އާ އެއްބަސްވަމުން ވުޑްވާޑް ވެސް ވަނީ ނިދުމުގެ ކުރިން އޮފީހުގައި ނުކުރެވި އޮތް ކަމަކާމެދު ވިސްނާ ފިކުރު ކުރުމަކީ ކާމިޔާބު މީހުންގެ އާދަ އެއް ނޫން ކަމާށޤ ބުނެފަ އެވެ. އެހެންކަމުން ކާމިޔާބު ވާން އެދޭނަމަ ނިދާއިރު ވަޒީފާގެ ހިޔާލުތަކާ ދުރުވާށެވެ. ނުކުރެވި ހުރި މަސައްކަތްތަކާ މެދު ކަންބޮޑުވެ ނުވިސްނާށެވެ. އެއީ ކާމިޔާބު މީހުންގެ އާދަ އެއް ނޫނެވެ.
މާދަމާގެ ތާވަލް ރާވައި މާދަމާގެ ކާމިޔާބީ ހިތަށް ސިފަ ކުރުން
ފާއިތުވި ދުވަހު ނުކުރެވި ހުރި ކަންތައް ލިސްޓުކޮށް ޖެހިގެން އަންނަ ދުވަހުގެ ތާވަލް ކުރިއާލާ ރޭވުމަކީ ނިދުމުގެ ކުރިން ކާމިޔާބު މީހުން ކުރާ ކަމެކެވެ. އެއީ އެއްވެސް ކަމެއް އަތުން ދިޔަ ނުދޭން އެމީހުން ކުރާ ކަމެއްގެ ގޮތުގައި ކޭރް ސިފަ ކުރެ އެވެ. އަދި ހަމައެއާއެކު މާދަމާ ޙާސިލް ކުރެވިދާނެ ލަނޑުދަނޑިތަކާ މެދު ވިސްނާ ހިޔާލުކުރުމަކީ ކާމިޔާބު މީހުންގެ ސިފަ އެކެވެ.
ދިރިއުޅުމުގައި ކާމިޔާބު ވާން އެދޭނަމަ މި އާދަތައް ތިބާގެ ގައިގައި އަށަގަންނުވާށެވެ. މިކަންކަން ގަވާއިދުން ކުރާނަމަ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވާ ގޮތް ޚުދު ތިބާއަށްއވެސް އިހްސާސް ކުރެވޭނެ އެވެ.
ކޮބާ އެެންމެ މުހިއްމި ކަންތައް. ވާރިދުވެފައިވާ ދުޢާތައް.