ކޮވިޑް ޖެހިގެން ރާއްޖެއިން 10 ވަނަ މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ ޖަޕާނުގެ ފިރިހެނަކު މިރޭ 7:53 ހާއިރު މަރުވެފައިވާ ކަމަށެވެ. މިއީ މިހާތަނަށް މި ބަލީގައި ރާއްޖެއިން މަރުވި 139 ވަނަ މީހާ އެވެ.

މިއަދު ވެސް މި ބަލީގައި ގިނަ މީހުން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީންނެވެ. މި މަހުގެ މިހާތަނަށް މި ބަލީގައި 66 މީހަކު ވަނީ މަރުވެފަ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިހާރުވެސް 100 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެސް ގިނަ ބަޔަކަށް އަންނަނީ ފަރުވާދެމުންނެވެ.

މާލޭގައި ކޮވިޑް ފެތުރުން އިންތިހާ ދަރަޖަކަށް އިތުރުވެފައިވާތީ ސަރުކާރުން ފާސްދޫކޮށްފައިވާ މީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް ގެއިން ބޭރަށް ނުނިކުމެވޭގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.