ކޮވިޑާ ގުޅިގެން އާއްމުންނަށާއި ވިޔަފާރިތަކުން ކަރަންޓާއި ފެން ބިލުން އަންނަ މަހު ބޮޑު ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެން ބިލުންނާއި ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ އިއުލާން ކުރައްވާފަ އެވެ.
ރައީސް ސާލިހް ވިދާޅުވީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ރައްޔިތުންގެ އެހިތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ފެން ބިލުން 30 ޕަސެންޓް ޑިސްކައުންޓެއް ގޭބީސީތަކަށް ދިނުމަށް ނިންމާފައިވާއިރު 20 ޕަސެންޓް ޑިސްކައުންޓެއް ވިޔަފާރިތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަރަންޓް ބިލްތަކުން 40 ޕަސެންޓް ގޭބީސީތަކަށް ލިބިގެންދާއިރު 20 ޕަސެންޓް ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ 2020 ވަނަ އަހަރަކޭ އެފަދައިން މިއަހަރު ވެސް ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ސޮފްޓް ލޯނުތަކެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިކަމާ ގުޅޭ މަސްވަރާތައް ބީއެމްއެލްއާއެކު ކުރަމުން އަންނަ ކަމަށާއި މިކަމުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާއިރު މިކަމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބެމުން އަންނަ ކަމަށާއި ސަރުކާރުންގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
މިރޭ ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިހާރު ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޮސްފައި ވަނީ މިދިޔަ މަހު ސަރުކާރުން ދިން ލުއިތަކާ ގުޅިގެން ކަމަށް ރައިސް ސާލިހް ވަނީ އެއްބަސްވެފަ އެވެ.
ރާއްޖެއިން ފުރަތަމަ ކޮވިޑް-19 ފެނިގެން ވެސް ކަރަންޓް ބިލުނާއި ފެން ބިލުން ވަނީ ޑިސްކައުންޓް ދީފަ އެވެ. އެފަހަރު ހަމައެކަނި ޑިސްކައުންޓް ދީފައިވަނީ ހަމައެކަނި ގޭބިސީތަކުން އެކަނިކަން ފާހަގަ ކޮށްލެވެ އެވެ.