ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކޮންޓްރޯލުން ނެއްޓިގެންދާ ހިސާބަށް ދިޔައީ އޭޕްރީލް މަހުގެ ތެރޭގައި ދިން ލުއިތަކުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެ މިހާރު ދެކެމުން ދަނީ ކޮވިޑްގައި ދިވެހިން ތަޖުރިބާކޮށްފައިނުވާ ފަދަ ހާލަތެއް ކަމަށެވެ. އަދި އިތުރަށް އެމަނިކުފާނު ވިދާޅުވީ، މި މަހުގެ މިހާތަނަށް 28،600 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މި މަހު އެކަނިވެސް 71 މީހަކު މަރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 58،345 މީހަކަށް ވަނީ ބަލިޖެހިފަ އެވެ. މިހާތަނަށް 144 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

އަދި އިތުރަށް އެމަނިކުފާނު ވިދާޅުވީ، ރަށްރަށައް ކޮވިޑު ފެތުރެނީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މާލެއިން ރަށްރަށް އެއްވެސް ހަމައެއް ނެތި ދަތުރު ކުރުމުގެ ހުއްދަ ދިނުމުން ކަމަށެވެ.