މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެ އެޅި ފިޔަވަޅުތަކުގެ ނަތީޖާ ސާފުނުވާ ކަމަށް އެޗްޕީއޭއިން އާންމުކުރާ ހިސާބުތަކުން އެނގެން ފަށައިފި އެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ތިން ހަފްތާ ފަހުން މާލޭގެ ކޮވިޑްގެ ކޭސްތައް 400 އަށް ވަނީ ދަށްވެފަ އެވެ. އަދި ތިން ހަފްތާ ފަހުން މުޅި ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ވަނީ 1،000 އިން ދަށަށް ގޮސްފަ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މުޅި ރާއްޖެއިން ޕޮޒިޓިވްވީ 1،062 މީހުންނެވެ. އަދި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 699 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 353 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 9 މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 62،906 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 24،507 ގައި މިހާރު ހުރިއިރު 38،233 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 240 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 157 މީހަކު ވަނީ މަރުވެފަ އެވެ.