ކޮރޯނާ ވައިރަހަށް އެމެރިކާގެ މޮޑާނާއިން އުފައްދާ ވެކްސިން އެމްއާރްއެންއޭ އޯގެ ސެފްޓީ ޓެސްޓުތަކުގެ ނަތީޖާއިން އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި ދިފާއީ ބާރު އުފައްދާ ކަމަށް ދައްކައިފި އެވެ.
ދިރާސާވެރިން ބުނެފައިވާ ގޮތުގައި ސައިޑް އިފެކްޓްސް ފެންނަކީ ވެކްސިނުގެ ހައި ޑޯޒްތައް ޖެހުމުން އެކަންޏެވެ. މިގޮތުން ފެންނަ ބައެއް ސައިޑް އިފެކްޓްސްގެ ތެރޭގައި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުން ހިމެނެ އެވެ.
ނިއު އިންގްލެންޑްގެ ޖާނަލް އޮފް މެޑިިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުން މި ވެކްސިންގެ ސަބަބުން ޒުވާނުންނާއި އެއްވަރަށް އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައިވެސް ނިއުޓްރަލައިޒިންގް އެންޓިބޮޑީސް އުފައްދަ އެވެ.
އުމުރުން ދުވަސްވީ މީހުންނަކީ ކޮރޯނާވައިރަސް ޖެހި ހާލު ދެރަވެދާނެ ކަމަށް ބެލެވޭ ހައި ރިސްކު ގްރޫޕްގެ މީހުންނެވެ.
ޖުމްލަ ގޮތެއްގައި މި ދިރާސާއިން ފާހަގަވި ކަމަކީ 100 މައިކްރޯގްރާމްގެ ދެ ޑޯޒް ދެވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި ޒުވާނުންނާއި އެއްވަރަށް ދިފާއީ ބާރު އުފައްދާ ކަމަށެވެ.

ހަނގުރާމައާ ގުޅިގެން ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައިފި
މި ގައުމުތަކުގައި ރޯދަ މަހުގެ ތަޖުރިބާ ވަރަށް ތަފާތު!
ހާރަށް "ބަތްޕެން" ވަރެއް ނެތް!
