އިންޑިއާ ޓީޗަރުން އެނބުރި އެ ގައުމަށް ދާން މޯލްޑިވިއަންގެ ދަތުރުތަކެއް ބާއްވަން ނިންމައިފި އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ބުނީ، އިންޑިއާ ޓީޗަރުންނަށް ހާއްސަ ކުރާ ފްލައިޓްތައް އޮންނާނީ މިމަހުގެ 18 އާއި 19 އެ ދެ ދުވަހު ކަމަށެވެ. ރާއްޖޭގެ ސްކޫލްތަކުގައި ގިނަ އަދަދެއްގެ އިންޑިއާ ޓީޗަރުން މަސައްކަތް ކުރެ އެވެ.
އެ ފްލައިޓްތައް އޮންނާނީ އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމް އަށެވެ. އިންޑިއާގެ އެ ދެ ސިޓީއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާއަށް ވެސް ދާ ދެ ސިޓީ އެވެ.
މޯލްޑިވިއަންގެ ފްލައިޓްތަކެއް އިންޑިއާގެ ދެ ސިޓީއަކަށް ބާއްވާއިރު އިންޑިއާގެ ބަޖެޓް އެއާލައިންއެއްގެ އިތުރުން ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރެ އެވެ
އޭސީއާ ނުލާ ގޭތެރޭގެ ފިނި ހޫނުމިން ދަށް ކުރެވިދާނެ ދެތިން ގޮތެއް!
މޭޒުދޮށު ވަޒީފާތަކުން ބުރަކަށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ!
އެފްޑީސީ ފްލެޓްތަކުގެ އިންޓަނެޓް އެއްބަސްވުމުގައި ޖޫރިމަނާތަކެއް!