ސްވިޑަން (15 ޖޫން) - ސްވިޑްންގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާއިން ކޮވިޑް -19 އިން ރައްކާތެރިވުމަށް އެންމެ ފަހުން އީޖާދުކުރި އެންޓިބޮޑީ ބޭހުން ކޮވިޑް ފެތުރުން މަދުކޮށްދީފައިނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެންޓިބޮޑީ ފަރުވާގެ ޓަރަޔަލްގައި ބޭސް ޓެސްޓްކޮށްފައި ވަނީ ވެކްސިން ފުރިހަމަކޮށްފައި ނުވާ އަދި ފާއިތުވެދިޔަ 8 ދުވަހުގެ ތެރޭގައި ކޮވިޑް ބަލި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 18 އަހަރު މަތީގެ މީހުންނަށް ކަމަށެވެ.
"އޭޒެޑްޑީ7442"ގެ ނަމުން ނަން ދީފައިވާ މި ފަރުވާއިން ކޮވިޑްގެ އަލާމާތްތައް ފެނުން 33 ޕަސެންޓް ދަށްކޮށްދިން ކަމުގައި ވިޔަސް އެ ބޭހުން ހާސިލްކުރަން ބޭނުންވި އަމާޒު ކަމަށްވާ ކޮވިޑް ފެތުރޭ މިންވަރު ދަށްކުރަން ނާކާމިޔާބުވެފައިވާ ކަމަށް އެސްޓްރާޒެނެކާއިން ބުންޏެވެ.
އެ ކުންފުނިން އަންނަނީ ކޮވިޑް ޖެހިފައިވާ މީހުން ބަލީގެ ސީރިއަސް ސްޓޭޖަކަށް ދިއުމުން ރައްކާތެރިކުރުމަށް ވެސް ފަރުވާއެއް އީޖާދު ކުރުމުގެ އިތުރު ދިރާސާތައް ކުރަމުންނެވެ.
ނާކާމިޔާބުވި އޭޒެޑްޑީ7442 ބޭސް އެސްޓްރާޒެނެކާއިން އުފެއްދީ އެމެރިކާގެ އެހީގައި އެ ގައުމުން ދިން މާލީ އެހީގެ ދަށުންނެވެ. -- ރޮއިޓާސް
ދްރިޝްޔަމް 3: ފަހުގެ ކުރިމަތިލުމާއެކު އަޖޭ އެނބުރި އަންނަނީ!
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ
10 އަހަރު ފަހުން "ބޭބީ ޝާކް ބޯއީ"ގެ ފެނިލުމެއް!