އެކްތާ ކަޕޫރު ޕްރިޑިއުސްކޮށް 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށް ޒީ ޓީވީން ދެއްކި ޑްރާމާ ސީރީޒް "ޕަވިތްރާ ރިޝްތާ" ގެ ދެވަނަ ސީޒަން އެއް ފަށަން ނިންމައިފި އެވެ.
ޕަވިތްރަ ރިޝްތާގެ ފުރަތަމަ ސީޒަންގެ ލީޑް ރޯލުން ފެނިފައި ވަނީ އަންކިތާ ލޮކަންޑޭ އަދި ސުޝާންތު ސިންގް ރާޖްޕުތް އެވެ. ނަމަވެސް މި ސިލްސިލާ ކުޅެމުން ދަނިކޮށް ބޮލީވުޑްގެ ފިލްމުތަކުން ފުރުސަތު ލިބެން ފެށުމުން ސުޝާންތު 2013 ގައި ފިލްމު "ކައި ޕޯ ޗޭ" ކުޅެން ސިލްސިލާ ދޫކޮށްލި އެވެ. އޭގެ ފަހުން މާނަވްގެ ރޯލު "ޕަވިތުރަ ރިޝްތާގައި ކުޅުނީ ހިތޭން ތޭޖްވާނީ އެވެ.
ސުޝާންތު ސިންގް ރާޖްޕުތް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ދަންޖެހި މަރުވެފަ އެވެ.
މި ސީރީޒް އާއި ގުޅިގެން މިޑިއާތަކުގެ މިހާރު ތިލަވެފައިވާ ވާހަކަތަކަކީ ސީރިޒްގެ ދެވަނަ ބައެއް އެކްތާ ހަދަން އުޅޭކަމުގެ ވާހަކަތެކެވެ. "ޕަވިތްރާ ރިޝްތާ" ގެ އޮރިޖިނަލް ސީރީޒް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު ކުޝާލް ޒަވޭރީ ވަނީ މިވާހަކަތައް ޔަގީން ވެސް ކޮށްދީފަ އެވެ. އަދި ދެވަނަ ބައިގެ ބަތަލާއަކީ ވެސް ފުރަތަމަ ބައިގެ ބަތަލާ އަންކިތާ ކަމަށް ކުޝާލް ވަނީ ބުނެފަ އެވެ.
އަންކިތާ އާއެކު މި ސީރީޒްގައި މާނަވްގެ ރޯލުން ފެންނާނެ ބަތަލަކީ ކުޗްރަންގް ޕިޔާރުކޭ އޭސޭބީ އާއި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ އެކްޓަރު ޝަހީރު ޝެއިކް ކަމަށްވެ އެވެ. މި ރޯލު ކުޅޭނެ ކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައި އޮތީ "ބޭޕަނާ"ގެ ތަރި ހަރްޝަދު ޗޯޕްޑާ އެވެ.
ވިހި އެޕިސޯޑް ގެ މައްޗަށް ހަދާ ޕަވިތްރަ ރިޝްތާގެ ދެވަނަ ސީޒަން ދައްކަން ނިންމާފައިވަނީ އޯޓީޓީ ޕްލެޓްފޯމް ޒީ 5 އިންނެވެ.