ކޮވިޑްގެ މިހާލަތުގައި ގިނަ ބަޔަކު ވޮލަންޓަރީކޮށް ޚިދުމަތް ކުރަމުން އަންނައިރު މުޅި ގައުމު ވަނީ ވޮލަންޓިއަރުންނަށް ދަރާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ވޮލަންޓިއަރުންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ ކޮވިޑްގެ އެންމެ އުނދަގޫ މި ދަނޑިވަޅުގައި އެ ބަލީގެ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގައި ވޮލަންޓިއަރުން ވަރަށް ބުރަކޮށް އުޅެފައިވާ ކަމަށާއި އެ މީހުންނަށް މުޅި ގައުމު ދަރާފައިވާ ކަމަށެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި މާލޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ގިނަވެ، އެ ފެސިލިޓީއަށް ވަނީ ގިނަ އަދަދަކަށް ވޮލަންޓިއަރުން ނަގައިފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 71،138 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 7،747 ގައި މިހާރު ހުރިއިރު 4،418 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.