ދެކުނު ކޮރެއާގައި މަޝްހޫރު ވެގެން ދިޔަ ޑްރާމާ "ހީލަ" ވެބްޓޫން އެއްގޮތުގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެ ސީރީޒް ނެރުމުގައި ބައިވެރިވި ޓީމުން ބުނެފި އެވެ.
ހީލަ ސީރީޒްގެ ވެބްޓޫން ނެރުމަށް ނިންމާފައި މިވަނީ އެޑްރާމާ ނެރުނުތާ ހަ އަހަރު ފަހުންނެވެ.
ކޭބީއެސްއިން ހީލާ ސީޜިޒް ނެރެފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހީލަ ސީރީޒް ވެގެންދާނީ ވެބް ޓޫންއެއް ގޮތުގައި މިގޮތަށް ހަދާ މަގުބޫލް ދެވަނަ ސީރީއަށެވެ.
ވެބްޓޫނަކީ ކޮމިކެއް ގޮތަށް ގެނެސްދޭ ވާހަކައެކެވެ.
މި ޑްރާމާ ބަލާލަން ބޭނުންނަމަ ވިކި, ވިއު އަދި ނެޓްފްލިކްސްއިން ވެސް ބެލޭނެ އެވެ. އެކްޝަން ރޮމެންޓިކް މި ސީރީޒްގައި ޖިޖަން ވުކް، ޔޫ ޖި ޓިއައިގެ އިތުރުން ޕާކް މިން ޔަންގު ވެސް އުޅެ އެވެ.
 އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް އަނބުރާ ގެންގޮސްފި
			އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް އަނބުރާ ގެންގޮސްފި
		 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
			ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					