އދ. މާމިގިލީގައި ހިންގާ ކޮމާޝަލް ޕޯޓާ ގުޅޭ ގޮތުން ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
އެ ބަނދަރު ހިންގާ ކުންފުނީގެ ސްޕޯކްޕާސަން ދާނިޝް ނިޒާމް ވިދާޅުވީ މާމިގިލި ޕޯޓް އޮޕަރޭޝަން ހުއްޓާލި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެ ޕޯޓުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ކުޑަކުރަން މިހާރު ވަނީ ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދާނިޝް ވިދާޅުވީ ޕޯޓުގެ އޮޕަރޭޝަން ކުޑަކުރަން ނިންމާފައިވާތީ އެ ޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުން މާލެ ޕޯޓަށް ބަދަލުވުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މާމިގިލީ ޕޯޓުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުން އެމެރިކާ ސިފައިންގެ ދެ މީހަކު މަރާލައިފި
ދަތުރުފަތުރުގެ އަގުތައް 9.3 އިންސައްތަ އުފުލިއްޖެ
މިދިޔަ ހަފުތާގައި އަލިފާނުގެ 12 ހާދިސާ ހިނގި: އެމްއެންޑީއެފް
