އިސްކޮޅުން އެންމެ ތަފާތު ބޮޑު ދެމަފިރިންގެ ގޮތުގައި އެމެރިކާގެ ދެމަފިރިއަކު ކަމަށްވާ 33 އަހަރުގެ ޖޭމްސް ލަސްޓާޑް އާއި 27 އަހަރުގެ ކްލޯއީއަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގެ ލިބިއްޖެ އެވެ.

ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ކްލޯއީގެ އިސްކޮޅުގައި 5 ފޫޓު 4 އިންޗި ހުންނަ އިރު ޓީވީ ޕްރެންޒެންޓަރެއްގެ ވަޒީފާ އަދާކުރާ ޖޭމްސްގެ އިސްކޮޅަކީ އެންމެ 3 ފޫޓު 7 އިންޗި އެވެ. އެއާއެކު އެ ދެ މީހުންގެ އިސްކޮޅުގައި 1 ފޫޓު 10 އިންޗީގެ ތަފާތެއް ހުރެ އެވެ.

ޑްވާފިޒަމްގެ ވައްތަރެއް ކަމަށްވާ ޑައަސްޓްރޮފިކް ޑިފްލޭޒިއާ ނަމަކަށް ކިޔާ ބައްޔެއް ތަހައްމަލުކުރާ ޖޭމްސް އޭނާގެ އަންހެނުން ކްލޯއީ އާ ބައްދަލުވީ ރައްޓެހިންތަކެއް މެދުވެރިވެގެންނެވެ.

ކްލޯއީ ބުނިގޮތުގައި ޖޭމްސް އާ ބައްދަލުވުމުގެ ކުރިން އޭނާ ކަމުދަނީ އިސްކޮޅުން ދިގު ފިރިހެނުން ކަމަށެވެ. ނަމަވެސް ޖޭމްސް އާ ބައްދަލުވެ އެކަން ބަދަލުވި ކަމަށް އޭނާ ބުންޏެވެ.

ޖޭމްސް އާއި ކްލޯއީ އެމީހުންގެ ކައިވެނީ ގައި

ޖޭމްސް އާއި ކްލޯއީ 2016 ވަނަ އަހަރު ކައިވެނި ކުރި އިރު ޖޭމްސް ހުރީ ކައިވެނި ހަފްލާގައި ހަރުގަނޑަކަށް އަރަ އެވެ. އޭގެ ފަހުން އެ ދެމަފިރިންނަށް ކުއްޖަކު ލިބިފައިވާއިރު، ދެ އަހަރުގެ އޮލީވިއާއަށް އޭނާގެ ބައްޕައަށް ޖެހިފައިވާ ބަލި ވާރުތަވެފައެއް ނުވެ އެވެ.

ޖޭމްސް އޭކާގެ ދަރިފުޅު އޮލީވިއާ އުރާލައިގެން

ކްލޯއީ އިތުރަށް ބުނީ ކޮންމެ މީހަކަށް ވެސް ބައިވެރިއަކުވާނެ ކަމަށާއި އެއީ ހިތުލައިގެން ހުރި ސިފަތައް ހުރި މީހަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް އެއީ ހަމަ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ބުންޏެވެ.

ޑައަސްޓްރޮފިކް ޑިފްލޭޒިއާ އަކީ ދެ ޖިންސުގެ މީހުންނަށް ވެސް ޖެހޭ ބައްޔަކަށް ވާއިރު މި ބަލި ފެންނަނީ ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން އެކަކުގެ ގައިންނެވެ.