ބާސެލޯނާ (24 ޖޫން)- މެކްއެފީ އެންޓި ވައިރަސްގެ ފައުންޑަރު ޖޯން މެކަފީ އޭނާ ހައްޔަރު ކޮށްފައި ހުރި ސްޕެއިންގެ ޖަލުގައި މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.

މެކަފީ މަރުވިއިރު އޭނާގެ މައްޗަށް ސެކިއުރިޓީ ފްރޯޑްގެ ދައުވާ އުފުލިފައިވާ އިރު، އެމެރިކާއަށް އަނބުރާ ފޮނުވާލަން ވެސް އޮތީ ތައްޔާރުވެފަ އެވެ.

އުމުރުން 75 އަހަރުގައި މަރުވި މެކަފީއަކީ 1980ގެ އަހަރުތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ދުނިޔޭގައި އާއްމު ނަމެކެވެ. އޭނާ އުފައްދައި 90ގެ މެދު ތެރޭގައި ވިއްކާލިއިރު މެކް އެފީ އެންޓި ވައިރަސް ސޮފްޓްވެއާ އަކީ އޭނާ ބުނިގޮތުން ނަމަ އެއް ދުވަހާއި ބައިން އުފެއްދި ސޮފްޓްވެއާ މަސް ދުވަހުގެ ތެރޭގައި ހަތަރު މިލިއަން މީހުން ބޭނުންކުރި އެވެ.

މިދިޔަ އަހަރު ސްޕެއިންއިން މެކަފީ ހައްޔަރު ކޮށްފައި ވަނީ ޓެކްސް ނުދައްކައިގެން އެ މައްސަލަ ބެލުމަށެވެ.

މެކަފީ ވަނީ އޭނާގެ އުމުރުގައި އަރާމު ދިރިއުޅުމެއް ހޯދަން މަސައްކަތްކޮށްފަ އެވެ. އެގޮތުން އަގުބޮޑު ތަކެއްޗާއެކު ނުވަ ގެއެއް އޭނާގެ ހުރެ އެވެ.

މެކަފީގެ އެންމެ ފަހުގެ ޓުވީޓެއްގެ ގޮތުގައި އޭނާ ވަނީ ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އޭނާގެ އަންހެނުން ކުރި ޓުވީޓެއް ރީޓްވީޓް ކޮށްފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް