ޖާނުން ފިދާވުމުގެ ހަމަލާ ދިވެހީންގެ ތެރެއަށް އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކްލަބް ހައުސްގެ އެމްޑީޕީ ހަރުގެ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮތް ހަރުކަށި ފިކުރުގެ ކަންތައްތައް ކޮންޓްރޯލް ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ޖާނުން ފިދާވުމުގެ ހަމަލާ ރާއްޖެއަށް އަންނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމު ތަކުގެ ހަޔާތަށް ބަލާލާއިރު ސަލާމަތާ ރައްކާތެރިކަން ގެއްލޭ ގޮތާއި އަދި ގެއްލިގެންދާ މިންވަރު ބަޔާންކުރާ ނިޝާންތައް ފެންނަ ކަމަށެވެ.
ރާއްޖެއަށް ބަލާއިރު، އެންމެ ފުރަތަމަ އާންމުވި ކަމަކީ ހުޅުޖެހުން ކަމަށާއި ނަމަވެސް ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް ޖާނުން ފިދާވުމުގެ ހަމަލާތައް ދިނުމާ ހަމައަށް ކަންތައްތައް ގޮސްފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.
"އެއީ ޖާނުން ފިދާ ވުމުގެ ހަމަލާ އަޅުގަނޑުމެންގެ ތެރެއަށް އަންނަން ފެށުން. އަޅުގަނޑު ދެކޭ ގޮތުގައި އެކަންވެސް އަޅުގަނޑުމެންގެ ތެރެއަށް އަންނާނެ އަޅުގަނޑުމެން މިކަމަށް ވަރަށް އަވަސް ފިޔަވަޅު ތަކެއް ނާޅާފި ނަމަ،" ނަޝީދު ވިދާޅުވި އެވެ.
ޖާނުން ފިދާވުމުގެ ހަމަލާއެއް ރާއްޖެ އަޔަނުދިނުމަށްޓަކައި ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން ހިފައި ހައްޔަރުކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހަމަލާއަށްފަހު ފުލުހުން އަންނަނީ އެފަދަ މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ ލިބިވަޑައިގެންނެވި ހަމަލާގައި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުގަ އެވެ.
ތިބޭފުޅާ އެކަމަށް ހިއްވަރު ދޭނަމަ އެކަން ކުރާނެބަޔަކުވެސް ތިބެފާނެ 30 އަހަރުގެ ތެރެއިން އުފެދުނު އެންމެ ބޮޑު ނަފުރަތު ޕާޓީ ނުންތޯ ؟
ރާއްޖޭގަ މިއޮތް ލާދީނީ ޕާޓީ އާއި މެދުސަމާލުވެ އެޕާޓީގަ ތިބި ޣައިރު މުސްލިމުން ހިފާ ހައްޔަރު ކުރުމައް ރާއްޖޭގެ ދިފާއީ ބާރުތަކައް ގޮވާލަން
ޢެބޭޅާ ނުހައްދަވާނެ ދޮގެއް. ޥިދާޅުވި ގޮތަށް ކޮވިޑު ވެސް އައިސްގެން ވަރަށް ހާލުގަ ޖެހިފަ މިތިބީ . ބިރުބޮޑު. ޢެބޭޅާއަށް އެގިލައްވާނެ .
ޖާނުންފިދާވުމުގެ ހަމަލާ ދިނުމަށް ނުސީދާކޮށް ބާރުއަޅާ އެކަމަށް ހިތްވަރުދޭ މީހުންގެ ސަބަބުން ވެސް އެފަދަ ހަމަޅލާތައް އާދޭ. ބޮޑަށްހީވަނީ އެހެން .
ކަލޭމެން ޕާޓީގެ މީހުންނޭ މަގުތަށްމަތީ ތަޅާފޮޅާ މީހުންނަށް ހަމަލާދޭން ދަސްކޮށްދިނީ. ބިރުކަނޑާފަ މަގުމަތީގައި އަލިފާން ބޯޅަތަށް އުކީ. މީރާއްޖޭގެ އެންމެންނަށް އެނގޭނެ ޙަޤީގަތެއް ވަރަށްސާފް
ޖާނުން ފިދާވުމުގެ ހަމަލާ ދުނިޔޭގެ ގައުމުތަކުގައި ދީފައި ހުރީ ހަމައެކަނި ހަރުކަށިފިކުރުގެ މީހުން އެކަންޏެއް ނޫން. ލާދީނީ މީހުން ވެސް އަދި އެކި ގޮތްގޮތުން ހައްދު ފަހަނަޅާފާ ތިބި މީހުން ވެސް ޖާނުން ފިދާވުމުގެ ހަމަލާ ދީފާ އެބަހުރި.