ވެކްސިންއަކީ މިވަގުތު ކޮވިޑް -19 އާ ދެކޮޅަށް އޮތް އެންމެ މުޖައްރިބު ބޭސްފަރުވާ އެވެ. ގިނަ ވެކްސިންތަކަކީ 60 އާއި 80 ޕަސެންޓާ ދެމެދުގެ ރައްކާތެރިކަމެއް ދޭ ވެކްސިންތަކަކަށް ވާއިރު، މި ވެކްސިންތަކުގެ އަސަރުގަދަކުރަން ބޭނުން ކުރެވިދާނެ ބައެއް ކާނާގެ ބާވަތްތައް ހުރެ އެވެ.

ރީނދޫ

ރީނދުލަކީ އޭގައި އެންޓި ބެކްޓީރިއަލް އަދި އެންޓި ވައިރަލް މާއްދާތަކެއް އެކުލެވޭ އެއްޗަކަށްވުމާއެކު އޭގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެ އެވެ. ރީނދޫ ބޭނުން ކުރުމަށްޓަކައި ހޫނު ފެންތަށްޓަކަށް ރީނދޫ އަޅައިގެން ނުވަތަ ސަޔަށް ރީނދޫ އެއްކޮށްގެން ބޮވިދާނެ އެވެ.

އިނގުރު

އިނގުރަކީ 3 އަށްވުރެ ގިނަ އަމީނޯ އެސިޑް އެކުލެވޭ އެއްޗަކަށްވުމާއެކު ވެކްސިންއިން ލިބޭ ރައްކާތެރިކަން އިތުރު ކޮށްދިނުމަށްޓަކައި އިނގުރު އެހީވެދެ އެވެ. އެހެންކަމުން އިނގުރު ސައި ބުއިމަކީ ނުވަތަ ރޮލާ އިނގުރު ކެއުމަކީ ކޮވިޑް -19 އާ ދެކޮޅަށް ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭނެ ކަމެކެވެ.

ފެހި ތަރުކާރީ

ފެހި ތަރުކާރީގައި ހިމެނޭ ސިއްހަތަށް ފައިދާހުރި މައުދަންތަކުގެ ސަބަބުން ސިއްހަތު ރަނގަޅު ކޮށްދިނުމުގެ އިތުރުން ގިނަ ބަލިތަކަކުން ސަލާމަތް ކޮށްދެ އެވެ. އެހެންކަމުން ބްރޮކޮލީ، ސްޕިނަޗް، ކެބެޖު އަދި ކޯލިފްލާވައަކީ އެ ބާވަތްތަކުން ކޮވިޑް -19 އަށް ހަށިގަނޑު ހުށައެޅުމުން ކުޑަކޮށްދޭ ބާވަތްތަކެކެވެ.

މިފަދަ ފަސޭހައިން ލިބޭ ކާނާގެ ބާވަތްތަކުން ސިއްހަތު އިތުރަށް ރަނގަޅު ވާއިރު މިބާވަތްތައް އަހަރުމެންގެ ކެއުމުގައި ގިނަ ކުރުމަކީ މުހިއްމު ކަމެކެވެ.