މެޑިކަލް ފެސިލިޓީގައި އޮތް ކޮވިޑު ބަލި މީހަކަށް އަނިޔާ ކުރި ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ.
ބަލި މީީހާއަށް އަނިޔާކޮށްފައި ވަނީ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި އުމުރުން 31 އަހަރުގެ ޝަރިފް ހާނެވެ. އެ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުން ފޮނުވީ މިއަދު އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އަނިޔާއެއް ދިނުމު ކުށުގެ ދައުވާ އެވެ.
ޝަރީފް ހަނާން ބަލި މީހާއަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.ވީޑިއޯއިން ފެންނަ ގޮތުގައި ބަލި މީހާ ކައިރީގައި ހުރި އެ މީހާ ވަރަށް ބާރަށް ބަލި މީހާގެ ކޯތާފަތްމަތީ ޖަހަ އެވެ. އަދި ތަދުވެގެން އެމީހާ ވަރަށް ބޮޑަށް ރޯން ފަށައެވެ. އެ މީހާ ރޯން ފެށުމުން ބިދޭސީ މީހާ އެ ތަނުން ދުރައްދާތަން ފެނެ އެވެ. މި ވީޑިއޯ ކޮށްފައިވާ އެ ވޯޑްގައި އޮތް އެހެން ބަލި މީހެކެވެ.
ބިދޭސީ މިހާ ހައްޔަރުކުރުން ބަލި މީހާގެ ކަންތައް ބަލަހައްޓަމުން ދިޔައީ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރަމުންދިޔަ ނަރުހުންނެވެ. އެޑްމިޓްކޮށްފައި އޮތް އުމުރުން ދުވަސްވީ މީހަކަށް އޭނާއަށް އެހީތެރިވެދާން ހުރި މީހަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނީ މެޑިކަލް ފެސިލިޓީގެ އިންތިޒާމުތަކާ ގުޅިގެން އެތައް ބައެއްގެ ޝަކުވާ ފުނިޖެހިފައި ވަނިކޮށެވެ.