ތުރުކީގެ ސެކެރް އަރްސްލާން އޭނާގެ 119 ވަނަ އުފަން ދުވަސް ފާހަގަކުރުމާއެކު ދުނިޔޭގައި މިވަގުތު ދިރިހުރި އެންމެ އުމުރުން ދުވަސްވީ މީހާ ކަމުގައި ބެލެވިއްޖެ އެވެ.

ރަސްމީކޮށް ދުނިޔޭގެ ރެކޯޑު ފޮތުން ސެކެރްއަށް ޖާގަ އަދި ލިބިފައި ނުވިނަމަވެސް މިވަގުތު އެ ރެކޯޑު އޮތީ ސެކެރްއަށް ވުރެ ހަ މަސް ހަނގު ޗައިނާގެ ކޭން ޓަނަކަ އަތުގަ އެވެ. ކޭން ގެ އުފަން ދުވަހަކީ ޖެނުއަރީ 2، 1903 އެވެ.

ސެކެރްގެ ލައިސައްސް ކާޑުގައިވާ ގޮތުން އޭނާގެ އުފަން ދުވަހަކީ 27 ޖޫން 1902 އެވެ. އެހެންކަމުން ތުރުކީގެ އިދާރާތަކުން ދަނީ ސެކެރްގެ އުފަން ދުވަސް ރަސްމީކޮށް އޭނާ އަކީ ދުނިޔޭގައި ދިރިހުރި އުމުރުން އެންމެ ދުވަސްވީ މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިދިނުމަށް މަސައްކަތް ފަށާފަ އެވެ.

ސެކެރް ބުނިގޮތުގައި އޭނާގެ ދިގު އުމުރު އޭނާއަށް ވާރުތަ ވެފައިވަނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ސެކެރްގެ މަންމަ މަރުވިއިރު އޭނާގެ އުމުރަކީ 110 އަހަރު ކަމަށްވެ އެވެ.

ސެކެރްގެ ދަރިފުޅު ބުނީ އޭނާގެ މަންމަގެ އުމުރު ދިގުވުމުގެ ސިއްރަކީ ގުދުރަތީ ކާނާ ކެއުން ކަމަށެވެ. އެގޮތުން ބަޓަރާއި މާމުއި އަދި ޗީޒް އަކީ ސެކެރް އާއްމުކޮށް ކައި އުޅޭ ތަކެއްޗެވެ.

ސެކެރްއަށް މަންމަ ދަރިންނާއި 12 މާމަ ދަރިން ލިބިފައިވާއިރު އަދި މިހާމަނަށް މުނިމާމަ ދަރިއަކު ނެތުން އެއީ ސެކެރް މިވަގުތު އެންމެ ދެރަވާ ކަމެވެ.