ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ މިވަގުތު އަންނަނީ އޭނާގެ ފުރަތަމަ ފިލްމް "ތަޑަޕް"ގެ މަސައްކަތްތައް ކުރަމުންނެވެ.
"ތަޑަޕް" ރިލީޒް ވެސް ނުކުރަނީސް އަހާން ޝެޓީ މިވަނީ އިތުރު ބޮޑު ޕްރޮޖެކްޓަކަށް ސޮއިކޮށްފަ އެވެ. އެއީ މަހޭޝް ބަޓްގެ ފިލްމު "އާޝިގީ 3" އަށެވެ.
އަހާން ޝެޓީގެ ގާތް މީހަކު ބުނިގޮތުގައި އެކްޝަން ފިލްމް "ތަޑަޕް" އަށްފަހު އަހާން ބޭނުންވަނީ ލޯބީގެ އަސަރުގަދަ ފިލްމެއްގައި މަސައްކަތް ކުރަން ކަމަށެވެ.
އެ މީހާ ބުނިގޮތުގައި އަހާން ޝެޓީ މިހާރު ވަނީ ފިލްމް"ތަޑަޕް" ގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާފަ އެވެ. ފިލްމް ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާން ނުކޮށް ފިލްމްގެ ޓީމުން އިންތިޒާރު ކުރަމުންދަނީ ތިއޭޓަރުތައް ހުޅުވޭނެ ދުވަހަކަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
"ތަޑަޕް"ގައި އަހާން ޝެޓީއާއެކު ދެން ފެންނާނީ ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ތަރިއެއް ކަމަށްވާ ތާރާ ސުތާރިއާ އެވެ.
އެމްޑީޕީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި
ރެފަރަންޑަމްގައި "އާނއެކޭ" ބުނެފިނަމަ ގާނޫނުއަސާސީ ނިމޭނެ: ޖަމީލް
ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް މިއަދު ބިން ހަވާލުކުރަނީ