ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފް) ދުއްވަމުން ދިޔަ ސައިކަލު އެކްސިޑެންޓުވެއްޖެ އެވެ.
ޝަރީފްގެ ދަރިކަނބަލުން މަރިޔަމް މިޒްނާ ޝަރީފް ވިދާޅުވީ އެކްސިޑެންޓުވީ މިއަދު ހަވީރު ބައްޕާފުޅު ދުއްވި ސައިކަލުގައި ޓެކްސީއަކުން ޖެހިގެން ކަމަށެވެ.
މިޒްނާ ވިދާޅުވި ގޮތުގައި ޝަރީފްގެ ސައިކަލުގައި ޖެހުނީ ފަރުވާކުޑަކޮށް ދުއްވި ޓެކްސީއަކުންނެވެ. އަދި ޝަރީފަށް އެވަގުތު އެތަނުގައި ތިބި މީހުންގެ އެހީތެރިކަން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މިޒްނާ ވިދާޅުވީ އެކްސިޑެންޓުގައި ބައްޕާފުޅަށް ކޮންމެ ވެސް ވަރެއްގެ ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ޝަރީފް މިހާރު އޮންނެވީ ގޭގަ އެވެ.

އެކްސިޑެންޓްގަ ކުއްޖަކު މަރުވުމުން ހައްޔަރުކުރި މީހާ ފޮނުވާލައިފި
މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
ބީއެމްއެލްއަށް 2.5 ބިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް!
