އައްޑޫގައި ހޭދަކުރަމުން ދިޔަ ޖަރުމަނުގެ ޓޫރިސްޓަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
މަރުވެފައިވާ އޮއްވާ ފެނިފައިވަނީ ޖަރުމަންވިލާތަށް ނިސްބަތްވާ 44 އަހަރުގެ ފިރިހެނެކެވެ.
އީކުއޭޓަ ވިލެޖުގައި ޗުއްޓީ ހޭދަކުރަމުން އައި ޖަރުމަނުގެ ޓޫރިސްޓަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
އެ ފިރިހެންމީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގޮންގޮސްފަ އެވެ. ސިފައިންގެ ޑައިވަރުން އެ މީހާ ނަގައިގެން ސ. ފޭދު އަށް ގެންދިޔައީ މިއަދުގެ ހަވީރު 4:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ މީހާގެ ރިޕޯޓު އެމްއެންޑީއެފަށް ދީފައި ވަނީ 3:30 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ މީހާގެ ހަށިގަނޑު ފެނުނީ، އީކުއޭޓާ ވިލެޖުގެ އިރު އުތުރު ފަރު ބޭރުންނެވެ.
ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ: އެޗްޕީއޭ
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
އަޅެފަހެ މިއީދެން ކިހާ ދެރަ ކަމެއް.ސުނޯ ކުލިންނަށް ސެކިއުރިޓީ އަކާ ނުލައި ނުދެވޭ ގޮތަށް ސަރުކާރުން ޤަވާޢިދެއް ހަދާކަށް ނޭނގޭތަ.؟