ޔާޝް ރާޖް ފިލްމްސްގެ "ޕަޓާން" އިން ޖޯން އަބްރަހަމް ފެންނާނީ ޓެރަރިސްޓެއްގެ ރޯލުން ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

ފިލްމު ކުޅުމާދުރުގައި ހުރުމަށް ފަހު ޝާހުރުކް ޚާން ވެސް ފެންނަ "ޕަޓާން" ގައި ޖޯން އަބްރަހަމްގެ އިތުރުން ދީޕިކާ ޕަޑުކޯން ފެންނާނެ އެވެ. ސިދާތް އާނަންދު ޑއިރެކްޓްކުރާ މި ފިލްމުގައި ޝާހްރުކް ޚާން ފެންނާނީ އިންޑިއާ ޖާސޫސީ އިދާރާ ރޯގެ އެޖެންޓެއްގެ ރޯލުންނެވެ. އަދި ޖޯން ފެންނާނީ އެއްވެސް ގައުމަކަށް ނިސްބަތްނުވާ ހަމައެކަނި ލާރިއަށް މަސައްކަތްކުރާ ރަހުމުކުޑަ އަންޑަކަވަ ޓެރެރިސްޓެއްގެ ބައިންކަމަށް ބޮލީވުޑް ހަންގާމާގައި ބުނެފައިވެ އެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ޖޯންގެ ކެރެކްޓައަކީ ރަޝިއަން މާފިޔާއަކަށް އިންޑިއާގައި ގާނޫނާ ހިލާފަށް ބަޑި ވިއްކަން މަސައްކަތްކުރާ މީހެއްގެ ރޯލު ކަމަށެވެ.

މީޑިއާގެ ހަބަރުތައް ބުނާގޮތުގައި ޕަޓާން ރިލީޒްކުރުމަށް ތައްޔާރުވަނީ 2022 ވަނަ އަހަރުގެ އީދަށް ނަމަވެސް އަދި ނަމަވެސް، ފައިނަލް ތާރީހެއް ފިލްމު އުފައްދާ ފަރާތްތަކުން އިއުލާނެއް ނުކުރެ އެވެ.