ލަކްޝްމަން އުތޭކަރް ޑައިރެކްޝަންގެ ފަރާތުން ޑައިރެކްޓްކޮށް އަދި ދިނޭޝް ވިޖާން ޕްރޮޑިއުސްކޮށް އުފައްދާ ފިލްމް "މިމީ"ގެ ފަސްޓު ލުކް ދައްކާލައިފި އެވެ.

"މިމީ"ގެ ފަސްޓް ލުކް އާއްމުކުރީ ފިލްމުގެ ލީޑް ރޯލު ކުޅުނު އެކްޓްރެސް ކްރީތީ ސަނޯން އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.

https://www.instagram.com/p/CRGCmWgnFv1/?utm_medium=copy_link

ފިލްމުގެ ޓީޒާގައި ފެނިގެންދާނީ ކްރީތީ މާބަނޑު އަންހެނެއްގެ ރޯލް އަދާކުރާ މަންޒަރެވެ.

މާބަނޑުވެ ފުރަތަމަ ދުވަސްކޮޅު ކްރީތީ ފެންނާނީ ވަރަށް ވެސް އުފާވެރި މިޒާޖެއްގެ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް ވިހަންވާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް ކްރީތީއަށް ދަތިތަކަކާއި ކުރިމަތިލާންޖެހޭ މަންޒަރު މި ޓީޒާގައި ފެނެ އެވެ.

ފިލްމުގެ ޓީޒާ އާންމުކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.