މިއަހަރު ނެރުނު ސީރީޒްތަކުގެ ތެރެއިން ދެކުނު ކޮރެއާގެ ސީރީޒް "ޓެކްސީ ޑްރައިވާ"އަކީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސީރީޒް އެކެވެ.
ފުރަތަމަ ސީޒަން ނިމުނީއްސުރެ ގިނަ ބެލުންތެރިންތަކެއް އަންނަނީ މި ސީރީޒްގެ ދެވަނަ ބައެއް އުފެއްދުމަށް ބުނަމުންނެވެ.
ކޮންމެ އަކަސް މިހާރު މި ސީރީޒްގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާތަކުން މިވަނީ ރިޕޯޓް ކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ސްޓޫޑިއޯ އެސް އިން ވަނީ ދެ ވަނަ ސީޒަނެއް އަންނަ އަހަރު ނެރުމުގެ މަސައްކަތް ފަށާފައިވާކަން މި މަހުގެ ހަތްވަނަ ދުވަހު ހާމަކޮށްފަ އެވެ. އަދި މިހާރު އަންނަނީ ކާސްޓުން ނެގުމުގެ މަސައްކަތް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
"ޓެކްސީ ޑްރައިވާ"ގެ ފުރަތަމަ ސީޒަންގައި ހިމެނޭ ލީ ޖޭ ހޫން ވަނީ އެ ސީރީޒްގެ ދެވަނަ ބައިގައި ބައިވެރިވާން ބޭނުންވާކަން ވަނީ ހާމަކޮށްފަ އެވެ.
"ޓެކްސީ ޑްރައިވާ"ގެ ފުރަތަމަ ސީޒަންގައި ލީ ޖޭ ހޫން ފިޔަވާ ދެން ހިމެނޭ ތަރިންގެ ތެރޭގައި އެސޯމް، ކިމް އިއުއި ސަންގް، ޗާޖީ ޔިއޯން، ބާއީ ޔޫ ރަމް، ޖޭންގް ހިޔުކް ޖިން އަދި ޕިޔޯ ޔެ ޖިން މުޙިންމު ރޯލުތަކުން ފެނިފައިވެ އެވެ.
 "ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
			"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
		 މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
			މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
		 ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރުން ވަކިކޮށްފި
			ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރުން ވަކިކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					