އިތުރު 217 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 31 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 88 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ހަ މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ރަށްފަޅު ހުރާ އިން 92 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އަތޮޅުތަކުން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިނެނެނީ ށ. ފޯކައިދުއިން ޕޮޒިޓިވްވީ 31 މީހުންނާއި ރ. ދުވާފަރުން ޕޮޒިޓިވްވި 28 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 75،622 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،562 ގައި މިހާރު ހުރިއިރު 72،833މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 14 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 215 މީހަކު ވަނީ މަރުވެފަ އެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.