ގާނާ (17 ޖުލައި) - އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާގައި ހަލުވިކަމާއެކު ދޫނި ރޯގާ ފެތުރެމުންދާ ކަމަށް އެ ގައުމުގެ އިދާރާތަކުން ކަށަވަރުކޮށް ދީފި އެވެ.

މިނިސްޓްރީ އޮފް ފުޑް އެންޑް އެގްރިކަލްޗާގެ ދަށުން ހިންގާ ވެޓެނަރީ ސާވިސަސްގެ ޑިރެކްޓަރު ޕެޓްރިކް އަބެކް ވިދާޅުވީ މި ރޯގާ އެ ގައުމުގެ ގިނަ ސަރަހައްދުތަކަކަށް މިހާރު ފެތުރިފައިވާ ކަމަށާއި އެ ބަލީގެ ސަބަބުން 60،000 ދޫނި ސޫފާ ސޫތްޕަށް އަސަރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިހާތަނަށް އައިއިރު 6،000 އަށްވުރެ ގިނަ ދޫނި މަރުވެފައިވާއިރު، ގިނަ ޖަނަވާރުތަކަކަށް މި ބަލި ދަނީ ޖެހެމުން ނެވެ. މިކަމުގެ ސަބަބުން ގާނާގެ ސަރުކާރުން ވަނީ ނައިޖީރިޔާ އާއި ޓޮގޯއިން ޖަނަވާރު އިމްޕޯޓްކުރުން ވަގުތުން ހުއްޓާލާފަ އެވެ.

ގާނާގައި ދޫނި ރޯގާ ފެތުރެމުންދާ މި ދަނޑިވަޅުގައި އެ ގައުމުގެ ކާބޯ ތަކެތީގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ.

ހާލަތު ގޯސްވަމުން ދިއުމާއެކު ގާނާގެ ސަރުކާރުން ވަނީ އެއްތަނުން އަނެއް ތަނަށް ޖަނަވާރު ގެންދިއުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. -- އަލް އަރަބިއްޔާ