އެމެރިކަން ގިނަ ފަންނާނުންގެ މަޝްހޫރު މެނޭޖަރު ސްކޫޓާ ބްރައުން އޭނާގެ ހަތް އަހަރުވީ ކައިވެނީގެ ހަޔާތް ނިންމާލުމަށް ތައްޔާރުވެއްޖެ އެވެ. ސްކޫޓާ ވަނީ އޭނާގެ އަންހެނުން ޔައެލް ކޮއެން ވަރިކުރުމަށް ނިންމައި، ކޯޓަށް ހުށަހަޅާފަ އެވެ.

ސްކޫޓާގެ މިހަބަރު ވެގެންދިޔައީ އޭނާއަށް ތާއީދުކުރާ ގިނަ ބަޔަކަށް ލިބުނު ވަރަށް ހާއިރާންކުރުވަނިވި ހަބަރަކަށެވެ. ސަބަބަކީ ދާދި ފަހުން ސްކޫޓާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އެ ދެމަފިރިންގެ ކައިވެނީގެ އެނިވާސަރީގައި އަންހެނުންގެ ފޮޓޯއެއް ހިއްސާކޮށް ވަރަށް ލޯބި މެސެޖަކުން ދުވަހުގެ ތަހުނިޔާ ކިއުމުން ކަމަށް ވާތީ އެވެ.

ސްކޫޓާ އާއި އަންހެނުން ޔައެލްގެ ތިން ކުދިން ވެސް އެބަ ތިއްބެވެ. މި ކުދިން ބެލުމުގެ ޒިންމާ ހޯދުމަށް ވެސް ދަނީ މަސައްކަތް ކުރަމުންކަން ވަނީ ހާމަވެފަ އެވެ.

ދާދި ފަހުން ޓެއިލާ ސްވިފްޓްގެ ކުރީގެ ބައެއް މަސައްކަތްތަކަށް ގަތުމާ ގުޅިގެން ސްކޫޓާ ވަނީ އާންމުންގެ ތެރޭގައި ބޮޑު މަގްބޫލު ކަމެއް ލިބިފަ އެވެ.