ހިންދީ ފިލްމީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މޮޅު އެކްޓަރަކީ ޓައިގަ ޝްރޮފްއޭ ބުނުމުން ގޯހަކަށް ނުވާނެ އެވެ.
ބޮލީވުޑްގައި މިއަދު ޓައިގަ ހޯދާފައިވާ ކުރިއެރުންތަކަކީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ ކުރިއެރުންތަކެއް ކަމާމެދުގައި ޝައްކެއް ނުކުރާނެ އެވެ. އެކްޓިންއަށް ހިތުގައި އުފެދިފައިވާ ލޯތްބާއި މަސައްކަތުގައި އޭނާ ބަހައްޓާ ފަރުވާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަޕޯޓަރުންގެ ލޯބި އޭނާއަށް ލިބިފައިވާކަމުގެ ހެއްކެވެ.
މި ވޭތުވެދިޔަ އަހަރުތަކަކީ ޓައިގަ އާއި އޭނާގެ އާއިލާއަށް އުއްމީދުކުރި ވަރަށް ވުރެ ވެސް ކާމިޔާބު އަހަރުތަކެއް ކަމަށް ވީނަމަވެސް ފައިސާގެ ގޮތުން ދަތިވެ، އުނދަގޫތަކަކާ ކުރިމަތިލާން ޓައިގައާ އާއިލާއަށް ޖެހުނެވެ. ކުރީގެ އިންޓަވިއުއެއްގައި ޓައިގަ ވަނީ އޭނާ އެ ދުވަސްކޮޅު އުޅެން ޖެހުނު ގޮތް ކިޔައިދެމުން ގޮސް ރޮވިފަ އެވެ.
"އަހަރެން ހަދާން އެބަހުރި ފަރުނީޗަރުން ގޮސް ގޭގައި ހިފާ ގެންގުޅޭ އެއްޗިއްސަށް ދަންދެން ވިއްކަން ޖެހުނު. މަންމަގެ އާޓް ވޯކްއިން ގޮސް ލޭމްޕްސްއަށް. ބޮޑުވަމުން އައިރު ވަށައިގެންވާ އެއްޗެތި ގެއްލޭތަން ދުށިން. އެއްމެ ފަހުން ގޮސް ނިދާ އެނދު ވެސް ދިޔައީ. އޭގެ ސަބަބުން ތަޅުންމަތީ ނިދަން ޖެހުނު. އެއީ ކުރެވުނު އެންމެ ހިތި ތަޖުރިބާ. އެ އުމުރުގައި މަސައްކަތްކުރަން ބޭނުންވި ނަމަވެސް އެގޭ އެހީވާން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން،" ޓައިގަ ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.
މި ހުރިހާ ދަތިތަކެއް ކަޑައްތު ކުރުމަށްފަހު ވެސް ޓައިގަ މިވަނީ ކާމިޔާބު ހާސިލްކޮށްފަ އެވެ.
ޓައިގާއަކީ މިހާރު ބޮލީވުޑްގައި އެކްޝަން ފިލްމުތަކުގައި އެންމެ ކުޅަދާނަ ހުނަރު ދައްކަމުން އަންނަ އެއް ފާންނާނެ އެވެ. ބޮލީވުޑްގައި ވީ ކުޑަ ދުވަސް ކޮޅު ތެރޭގައި ވެސް ޓައިގާ ވަނީ ކާމިޔާބު އެތަކެއް ފިލްމުތަކެއް ކުޅެފަ އެވެ.