މާލޭގައި ސައުދީ ރަސްގެފާނުގެ އެހީގައި ބިނާކޮށްފައިވާ ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީއެއް ކަމަށް ބުނެ، އެ މައްސަލާގައި ދައުވާ ކުރާނެ ކަމަށް ބުނެ ސިޓީއެއް އެ މިނިސްޓްރީއަށް ފޮނުއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ފަސްބުރީގެ ސަލްމާން މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ. މި މިސްކިތަކީ ސައުދީ ރަސްގެފާނު އެހީގައި ކުރީގެ ސަރުކާރުން މި މިސްކިތުގެ މަސައްކަތް ކުރަން ހަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ ކުންފުންޏާ އެކު ޔާމީންގެ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.
ނަމަވެސް ޓާމެކްސްއާ ހަވާލު ކޮށްގެން، މިސްކިތް އިމާރާތްކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސް އިން ހުށަހެޅި ޑިޒައިނާ އެއްގޮތަށް ކަމަށް އެކުންފުނިން އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތުގެ ޑިޒައިންގެ މައްސަލައިގައި ދައުވާ ކުރަން ނިންމާފައިވާ ކަމަށް ބުނެ އެންއާރްވައި އާކިޓެކްސްއިން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެ ކުންފުނީގެ ބައެއް ބޭފުޅުން ރައީސް އޮފީހުގައި ބައްދަލުވުންތައް ވެސް ބާއްވައިފައިވާ ކަމަށް ޑރ. ޒާހިރު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައާއި ގުޅިގެން ރައީސް އޮފީހުގައި ވެސް ބައްދަލުވުންތައް ކުރިއަށް ގެންދިއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ މީހުންގެ އަތުގައި ހުރިހާ ލިޔެކިޔުންތަކާއި ހެކިތައް އެބަހުރި ކަމަށާއި އޭގައި ބައިވެރިވި މީހުންގެ ފޮޓޯތައް ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެންއާރްވައި އާކިޓެކްސްއިން ފޮނުވި ސިޓީއާ ގުޅިގެން ކޮޕީރައިޓްސްގެ މައްސަލައިގައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.
އެންއާރްވައި އާކިޓެކްސްގެ ވެބްސައިޓުގައި ސަލްމާން މިސްކިތުގެ ކުރެހުންތައް ހުރިއިރު މިހާރު މިސްކިތް އަޅާފައިހުރީ އެ ވެބްސައިޓުގައި ހުރި ކުރެހުންތަކާ ވަރަށް ބޮޑަށް ވައްތަރެވެ. ސަލްމާތް މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ މިދިޔަ އަހަރުގެ ކުރީ ކޮޅު ހަވާލުކުރިއިރު، އެ މިސްކިތް ހުޅުވަން އެކި ތާރީހުތަކެއް ދިން ނަމަވެސް އަދިވެސް އެ މިސްކިތް ހުޅުވާފައެއް ނުވެ އެވެ.
އެންމެފަހުން މިސްކިތް ނުހުޅުވަންވެގެން ބަހަނާ ދައްކަމުންގޮސް ބިޑްކުރި ކުންފުނިތައް ބަލައި ހޮވައިގެން އެމީހުން ލައްވާ މިކަމެއް ކުރަނީކަމަށް ބެލެވޭ. ޤައުމެއްގެ ޙަޔާތުން މިހާ އަޑިނުބައި ދުވަސްވަރެއް ދުވަހަކު ވެސް ނުފެންނާނެ.