ޓަމިލް ބިގްބޮސް ސީޒަންއެއްގައި ބައިވެރިވި އެކްޓްރެސް ޔާޝިކާ އާނަންދުގެ އެކްސިޑެންޓްގައި އަނިޔާވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޔާޝިކާ އެކްސިޑެންޓްވީ އޭނާގެ އެކުވެރިންނާއެކު ދަތުރުކުރި ކާރު މަގުމަތީގައި ހަރުކޮށްފައިވާ ޑިވައިޑާގައި ޖެހިގެންނެވެ. އަދި މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޗެންނައީގެ މަހަބަލިޕުރަމްގެ އީސްޓް ކޯސްޓް ރޯޑުގަ އެވެ.
މިއެކްސިޑެންޓްގައި ޔާޝިކާގެ އެކުވެރިއަކު ވަނީ ހާދިސާ ހިނގި ވަގުތު މަރުވެފަ އެވެ. މިހާދިސާ ހިނގި މަންޒަރު ފެނުނު ފަރާތްތަކުން ބުނީ މިއެކްސިޑެންޓް ހިނގީ އެމީހުން ކާރު މާ ބާރު ސްޕީޑްގައި ދުވުމުގެ ސަބަބުން ކަމަށެވެ.
ޔާޝިކާ މަގުބޫލުކަން ހޯދާފައިވަނީ ޓަމިލް ބިގްބޮސްއިންނެވެ. އޭގެ ފަހުން އޭނާވަނީ "އިރުއްޓު އަރައިޔިލް މުރައްޓު ކުއްތޫ" ގެ ލީޑްރޯލްގެ އިތުރުން "ނޯޓާ" އަދި "ދުރުވަންގަލް 16" ގައި ސަޕޯޓިން ރޯލްއަކުންވެސް ފެނިފަ އެވެ. ވަރަށްފަހުން ޔާޝިކާ ވަނީ ޓަމިލް ފިލްމު އިވަން ތަން އުތަމަން ގެ ސޫޓިން ނިންމާފަ އެވެ.
ނިއުކްލިއާ ހަތިޔާރު އުފެއްދުން މެދުކަނޑާލަން އީރާން އެއްބަސް
ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް
އޮސްޓްރޭލިއާ އިން ތުރުކީ ބަލިކޮށްފި