"ވީރު ދި ވެޑިން" އެކްޓަރެސް ސުވަރާ ބާސްކަރްގެ ކުރިއަށް އޮތް ފިލުމުގައި ވެސް އޭނާ ފެންނާނީ ފުލުހުންގެ ރޯލުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ތަރި ސުވަރާއަކީ ފުލުހުންގެ ރޯލު ގުޅެގެން ގިނަ ބަޔަކުގެ މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ.
އެރޯސް ނައުގެ ހިއުމަން ޓްރެފިކިންއަށް ހަދާފއިވާ ސީރީޒްގައި ސުވަރާ ކުޅެފައިވާ ރޯލަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
މި ފިލްމުގައި ސުވަރާ ވަނީ ޕޮލިސް އޮފިސަރެއްގެ ރޯލް ކުޅެފަ އެވެ. ފަހުގެ ހަބަރުތަކުން ބުނާ ގޮތުގައި އެކްޓްރެސްގެ ކުރިއަށް އޮތް ފިލްމުގައި ވެސް އޭނާ ފެންނާނީ ޕޮލިސް އޮފިސަރެއްގެ ރޯލުންނެވެ.
ރިޕޯޓުގައިވާ ގޮތުގައި 33 އަހަރުގެ އެކްޓްރެސް ކުރިއަށް ފިލްމުގައި ކުޅޭނީ އިންވެސްޓިގޭޝަން އޮފިސަރު އަދީރާ ޑިކްސިޓްގެ ރޯލެވެ. ގަގަން ޕޫރީ ޑައިރެކްޓުކުރާ މި ފިލްމަށް ވަނީ "މިމަމްސާ"ގެ ޓައިޓަލްދީފަ އެވެ. އިންޑިއާގެ ބޯޕާލްގައި ހަދާ މި ފިލްމަކީ ސީރިއަލް ކިލިންގެ ކޭސްތަކެއްގެ މައްޗައް ބިނާކުރާ ފިލްމެކެވެ.
މޮފީ ޕުރޮޑަކްޝަން އާ ކޭޕީ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މި ފިލްމަކީ މިދިޔަ އަހަރުގެ ލޮކްޑައުން އަށް ފަހު ސުވަރާ ކުޅޭ ފުރަތަމަ ފިލްމެވެ. "މިމަމްސާ" މިވަގުތު އޮތީ ޕޯސްޓް ޕްރޮޑަކްޝަންގަ އެވެ.
 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
			މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					