ސީއެމްބިއުލާންސް ލަސްވެ، އެކަށީގެންވާ ފަރުވާ ނުދެވި ރ. ދުވާފަރުގައި މީހަކު މަރުވެއްޖެ އެވެ.

ދުވާފަރު ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ ކޮވިޑް ޖެހިގެން މިއަދު މިރޭ މަރުވީ އުމުރުން ދުވަސްވީ މީހެއް ކަމަށެވެ. އޭނާ އިތުރު ފަރުވާއަށް އެއަތޮޅު އުނގޫފާރަށް ގެންދިޔުމަށް ސީއެމްބިއުލާންސަށް ތަކުރާރުކޮށް ގުޅުމުން ވެސް އެމްބިއުލާންސަށް އާދެވުނުއިރު އެމީހާ މަރުވެފައިވާ ކަމަށް ނަސީރު ވިދާޅުވިއެވެ.

މި މަރާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 221 އަށް އަރާފައެވެ. ދުވާފަރުން މިހާތަނަށް ވަނީ މި ބަލީގައި ހަތަރު މީހަކު މަރުވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދުވާފާރު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައިވާ 52 އަހަރުގެ އަންހެނަކު މިރޭ 7:30 ހާއިރު މަރުވެފައިވާ ކަމަށެވެ.