އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޕްރަބާސްގެ "ރާދޭ ޝާމް" ރިލީޒްކުރާ ތާރީހް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ޕްރަބާސްގެ "ރާދޭ ޝާމް" ކުރިން ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ގެނެސްދޭ ޕީރިއަޑް ރޮމޭންސް ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 އަށެވެ. "ރާދޭ ޝާމް" އަކީ 2019 ގެ "ސާހޯ" އަށް ފަހު ރިލީޒްކުރާނެ ޕްރަބާސްގެ ފުރަތަމަ ފިލްމެވެ.

ބަހުބަލީގެ އެކްޓަރު ޕްރަބާސްގެ އޭނާގެ އިންސްޓަގްރާމުގައި ބުނެފައި ވަނީ "އަހަރެންގެ މި ރޮމެންޓިކް ސާގާ ފިލްމު އެއްމެން ބަލާނެ ވަގުތަކަށް ކެތްމަދުވެފައި މިހުރީ. ރާދެ ޝާމްގެ މުޅިންއާ ރިލީޒް ތާރީހެއް މިވަނީ ހަމަޖެހިފައި. 14 ޖެނުއަރީ 2022ގައި މި ފިލްމް ރިލީޒް ކުރާނެ." އެވެ.

https://www.instagram.com/p/CR79YC0KVGo/

ރާދެ ޝާމް މިފިލްމު ހިންދީ، ޓެލެގޫ، ޓަމިލް، މަލަޔާލަމް، އަދި ކަންނަޑާއިން ބަހުން ވެސް ސްޓްރީމްކުރާނެ އެވެ.

ރާދާ ކްރިޝްނާ ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޕޫޖާ ހެގްޅޭ، ބަގިޔާޝްރީ، ކުނާލް ރޯއި ކަޕޫރް، މުރާލި ޝަރުމާ އަދި ކްރިޝްނަމް ރާޖޫ ހިމެނެ އެވެ.

https://www.instagram.com/p/CLQh5x_pvGs/

"ރާދޭ ޝާމް" އަކީ 350 ކްރޯޑް ރުޕީސް (47.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.