ނިދަން އުނދަގޫވެ ހަމަ ނިދި ނުލިބުމުގެ މައްސަލަތަކަކީ ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަތަކެކެވެ. މިއީ ސިއްހީ މައްސަލައަކާ ހެދި ކުރިމަތިވެދާނެ ކަމެއް ނަމަވެސް ގިނަފަހަރަށް މިކަންކަން ދިމާވަނީ އަހަރެމެންގެ ދިރިއުޅުމުގެ އާދަތައް ބެހެއްޓޭ ގޮތަކުންނެވެ.

ރޭގަނޑު ކޮފީ ބުއިން

ކެފެއިން އަކީ ސިކުނޑިއަށް އެ މީހަަކު ހޭލާ އުޅުނު ވަގުތު އޮޅުވާލައި އިތުރު ވަގުތަށް ހޭލާ އުޅުމަށް ފަހިކޮށްދޭ އެއްޗެކެވެ. ރައްޓެހިންނާއެކު ރޭގަނޑު ގަޑިގައި އަނގަތަޅާލަން ޖަހާލެވޭ ކޮފީއަކީ އެރޭގެ ނިދި ގެއްލުވާލުން ގާތް އެއްޗެކެވެ.

ނިދުމުގެ ކުރިން ފޯނު ބޭނުން ކުރުން

ފޯނާއި ލެޕްޓޮޕް އަދި މިނޫންވެސް ޓެކްނޮލޮޖީގެ އެއްޗެއްސަކީ އެއިން ބްލޫ ލައިޓް ނަމަކަށް ކިޔާ އަލީގެ ދޯދިތަކެއް ހަށިގަނޑަށް ފޮނުވާ އެއްޗެކެވެ. މިދޯދިތަކަކީ އެމީހާގެ ނިދި ފިލުވާލައި، އެއީ ދުވާލު ކަމަށް ސިކުނޑިއަށް ވިސްނައިދޭ ދޯދިތަކެކެވެ.

އެކި ދުވަހު އެކި ގަޑީގައި ނިދުން

ހަފުތާގެ ތެރޭގައި އެކި ދުވަހު އެކި ގަޑީގައި ނިދާނަމަ އެއް ރޫޓިންއަކަށް ހަށިގަނޑު އާދަކުރުވުމަކީ އުނދަގޫ ކަމެކެވެ. އޭގެ ބަދަލުގައި ކޮންމެ ރެއަކު ވެސް ނިދަން ވަކި ޚާއްސަ ގަޑިއެއް ކަނޑައަޅާފައި ވާނަމަ، އިސާހިތަކު ހަށިގަނޑު އެކަމަށް ހޭނި ގަޑިއަށް ނިދަން ފަސޭހަ ވާނެ އެވެ.