ކުއަލަ ލަމްޕޫރު (04 އޮގަސްޓް) - މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެ ގައުމުގެ ރަސްގެފާނު ސުލްތާން އަބްދުﷲ އަހްމަދު ޝާހް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް މުހްޔިއްދީން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ އަމްނޯގެ 11 މަޖިލިސް މެމްބަރުން އޭނާގެ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
މުހްޔިންދީން އެކަން އިއުލާން ކުރެއްވީ މިދިޔަ ހަފުތާ ތެރޭގައި އޭނާގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ދިޔަ މުޒާހަރާތަކަށް ފަހު ޓީވީ މެދުވެރިކޮށް އެންމެ ފުރަތަމަ ދެއްވި މެސެޖެއްގަ އެވެ.
"ބޮޑުވަޒީރުކަމުގެ މަގާމުގައި އަހަރެން ހުރުމާމެދު ސުވާލުތަކެއް އުފެދިފައިވާކަން އެނގޭ. ވީމާ އަހަރެންގެ އިތުބާރު ސާބިތު ކޮށްދިނުމަށް މަޖިލިސް ހޮޅުވުމުން ވޯޓެއް ނެގުމަށް ހުށައެޅި ހުށަހެޅުން ރަދުން ވަނީ ގަބޫލު ކުރައްވާފައި،" މުހްޔިންދީން ވިދާޅުވި އެވެ.
މެލޭޝިއާގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ އަމްނޯއިން ވަނީ މިދިޔަ އަންގާރަ ދުވަހު ބޮޑުވަޒީރު މުހްޔިއްދީނަށް ދީފައިވާ ތާއީދު އަނބުރާ ގެންދިޔަކަން އިއުލާން ކޮށްފަ އެވެ. މިއާއެކު މުހްޔިންދީނަށް ތާއީދުކުރަނީ މަޖިލީހުގެ 200 މެމްބަރުންގެ ތެރެއިން 104 މެމްބަރުންނެވެ.
މުހްޔިއްދީންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނީ އަންނަ ސެޕްޓެމްބަރު މަހު މެލޭޝިއާގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމުންނެވެ.
މިދިޔަ ހަފްތާ ތެރޭގައި އެ ގައުމުގައި ވަނީ މުހްޔިއްދީންގެ އިސްތިއުފާއަށް ގޮވާލައި ބޮޑު މުޒާހަރާތަކެއް ކޮށްފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް
މުހިއްޔުއްދީނަކީ މެލޭޝިޔާ ފަދަ ޤައުމެއް ހިންގޭވަރުގެ ކޮލިޓީ ލީޑާޝިޕެއް ހުރި ބޭފުޅެއް ނޫން. އަންވަރު އިބްރާހީމް ފަދަ ބޭފުޅަކު މެލޭޝިޔާ އާއި ހަވާލުވެގެން މެލޭޝިޔާ ހިންގޭނީ !