ކުޑައިރު އަހަރެމެން ބެލި ކާޓޫންގެ ތެރެއިން އެންމެ މަގުބޫލު ވެގެންދިޔަ ފެރީޓޭލަކީ ސިންދްރެއްލާއޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. ނަމަވެސް މިފަހަރު މި ފެރީޓޭލް އުފައްދަނީ މި ޒަމާނާ ގުޅޭގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.
އެމެޒަން ޕްރައިމް ވީޑިއޯގެ ސިންދްރެއްލާ އަންނަ މަހުގެ ތިން ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މި ފަހަރުގެ ސިންދްރެއްލާގެ ލީޑު ރޯލުން ފެނިގެންދާނީ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ކަމީލާ ކަބޭލޯ އެވެ.
ކޭ ކެނަން ޑައިރެކްޓްކޮށް ސްކްރީންޕްލޭ ލިޔުނު ފިލްމުގެ ޓްރެއިލާ ނެރެފައިވާއިރު، ޓްރެއިލާ އިން ފެނިގެންދަނީ ސިންދްރެއްލާ އޭނާގެ އަމިއްލަ ކުޑަ ވިޔަފާރިއެއް ފަށައިގެން އުޅޭތަނެވެ. އަދި އޭނާގެ ދޮން މަންމައާއި ދައްތަގެ ނުފޫޒުގަދަ ތަން ވެސް ޓްރެއިލާއިން ފެނިގެން ދިޔަ އެވެ.
މި ފިލްމުގައި ޕްރިންސްގެ ރޯލު ކުޅޭނީ ޒުވާން އެކްޓަރު ނިކޮލަސް ގަލިންޒީ އެވެ.
މިފިލްމު ތިއޭޓަރުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ފަހުން ވަނީ ޑިޓިޓަލްކޮށް ރިލީޒްކުރުމަށް ނިންމާފަ އެވެ. އެގޮތުން މިހާރު ސިންދްރެއްލާ ރިލީޒްކުރާނީ ޕްރައިމް ވީޑިއޯއިންނެވެ.
ސިއްހީ ހާލަތެއްގެ ސަބަބުން ނާސާގެ ސައިންސްވެރިންތަކެއް ގެންނަނީ!
ޑްރަގް ނެޓްވޯކްގެ އެކައުންޓްތަކުގައި 300 މިލިއަން ދައުރުކުރި
ކަށިތަކުގެ ދުޅަހެޔޮ ކަމަށް ބޭނުންވަނީ ދުވާލަކު 2 މިނެޓު!