ބޮލީވުޑް މަޝްހޫރު ތަރި ރާނީ މުކަރްޖީ އޭނާގެ ކުރިއަށް އޮތް ފިލްމު "މިސިސް ޗެޓަރުޖީ ވާސަސް ނޯރްވޭ"ގެ ޝޫޓިންއަށް އިންޓަނޭޝަނަލް މަންޒިލަކަށް ވަނީ ފުރައިފި އެވެ.

މި މަންޒިލްއަކީ އަދިވެސް އާއްމުކޮށްފައިނުވާ ތަނަކަށްވުމުން އަދި އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ.

ރާނީ ވަނީ މި ޕްރޮޖެކްޓްގެ މަސައްކަތްތައް ފަށަން ގިނަ ދުވަސްތަކެއް އިންތިޒާރު ކޮށްފަ އެވެ. މި ޕްރޮޖެކްޓްއަކީ އޭނާގެ އަމިއްލަ ހަޔާތާ ގާތް ގުޅުމެއް އޮތް ޕްރޮޖެކްޓެކެވެ.

"މިސެސް ޗަޓެރްޖީ ވާރސަސް ނޯވޭ" އަކީ ގައުމަކާ ދެކޮޅަށް ބަޔަކު ކުރަމުންދާ ހަނގުރާމައެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން މަސްދުވަހުގެ މުއްދަތަކަށް ދެމިގެން ދާނެ އެވެ.

"މިސިސް ޗަޓަރްޖީ ވާސަސް ނޯރްވޭ" އަކީ 2019ވަނަ އަހަރު ނުކުތް "މަރްދާނީ 2" ގެ ފަހުން ރާނީ ނުކުންނަ ފުރަތަމަ ފިލްމެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ޒީ ސުޓޫޑިއޯސް އަދި އެމޭ އެންޓަޓެއިންމެންޓްގެ ނިކިލް އަދްވާނީ އެވެ.

ރާނީ މުކަރްޖީ މިވަގުތު އިންތިޒާރު ކުރަމުންދަނީ ޕެންޑެމިކްގެ ސަބަބުން ރިލީޒް ނުކުރެވިފައިވާ "ބަންޓީ އޯރު ބަބްލީ 2"ގެ ރިލީޒިންއަށެވެ.

https://www.youtube.com/watch?v=JBR2I9DxU3o