ބަރުދަން ލުއި ކުރުމަށްޓަކައި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު އެކި ކަންކަން ކޮށް އުޅެ އެވެ. އޭގެ ތެރެއިން ނުކައި ބަނޑަށް ހުރުމަކީ އެކަމުގައި ގިނަ ބަޔަކަށް ގެންގުޅެވޭ ވަރަށް ނުބައި އާދަ އެކެވެ.
ނުކައި ބަނޑަށް ހުރެ ހަށިގަނޑަށް ބޭނުންވާ ވަރަށް މާއްދާތައް ނުލިބޭނަމަ ހަށިގަނޑުގައި ވަރު ޖެއްސުމަށް ސަރުބީ އަންދަން ފަށަ އެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެ ބަރުދަން ލުއިވުން ލަސްވުމެވެ.
ނުކައި ބަނޑަށް ހުންނަ ނަމަ ހަށިގަނޑުގެ އެހެނިހެން މަސައްކަތްތަކަށް ވެސް ބުރޫ އަރަ އެވެ. އެގޮތުން އެކަށީގެންވާ މާއްދާތައް ނުލިބި އެތެރެ ހަށީގެ ގުނަވަންތައް ހިނގުން ލަސްވެ އެވެ.
މީގެ އިތުރުން ވެސް ބަނޑަށް ހުރުމަކީ ޖިސްމާނީ އަދި ނަފްސާނީ އެތައް ގެއްލުންތަކެއް ހަށިގަނޑަށް ލިއްބައިދޭ ނުރަނގަޅު އާދަ އެކެވެ.
މި ހުރިހާ ސަބަބުތަކަށްޓަކައި ބަރުދަން ލުއި ކުރުމުގެ ނަމުގައި ބަނޑަށް ހުރުމާ ދުރަށް ދާން ޖެހެ އެވެ. އެކަމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވީމަ އެވެ.
ހަށިގަނޑުން ދޭ މި އިންޒާރުތަކަށް ނަމަނަމަ ފަރުވާ ކުޑަ ނުކުރާތި!
ރަސްމާލޭގެ މާސްޓަޕްލޭން ހަދަން ހުޅުވާލައިފި
ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 25،000ރ. ހޯދިދާނެ
މި ބުނަނީ ކިތަށް އޮން ލައިން ނޫސް އޮވޭތަ ރާއްޖޭގަ؟ ކިހިނެތްހޭ ޚަރަދު ޗަލުވަނީކީ މި ބުނީ!