މިިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށްފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެވަޑައިގަތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް އެމަނިކުފާނު ހުރަސްނާޅުއްވާނެ ކަމަށާއި އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަށް ނަޝީދު ރާއްޖެ ވަޑައިގެން ގައުމީ ހިދުމަތުގައި މަސައްކަތް ކުރެއްވުން ކަމަށެވެ.
ރައީސް ނަޝީދަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ސަރުކާރާއި އެމްއެންޑީއެފްއިން ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ރައްކާތެރި މާހައުލެއް ނެތް ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ އާއިލާ އިން ބުނީ އެމަނިކުފާނުގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ އަދި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ.
ނަޝީދު ދުނިޔޭގައި ހުންނާތީ ކަންބޮޑުވެގެން އަވަހަށް މާލެ ގެންނަން މިއުޅެނީ. ކިނބުލަކީ ކޯރުގައި އުޅޭ އެއްޗެއް. ކިނބޫ މިއުޅެނީ ކަނޑުވެގެން ގޮތް ހުސްވެގެން.