ގއ. ދާންދޫގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގއ. ދާންދޫގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އެރަށު ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ދެ ދިވެހި އަންހެނުންނާއި ދެ ދިވެހި ފިރިހެނުންގެ އިތުރުން ތިން ބިދޭސީ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް އަންނަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
ރޯދަ ހިފަންތޯ އެހުމުން ކަރީނާ ބުނީ ކީކޭ؟
2.3 މިލިއަނަށް ވިއްކާ ފްލެޓްތަކެއް ހުޅުމާލޭގައި އަޅަނީ
