ޑައިރެކްޓަރު ޗޯލޭ ޒާއޯ ޑައިރެކްޓް ކޮށްފައިވާ މާވެލް ފިލްމު "އެޓާނަލްސް" އެންމެ ފަހުގެ ޓްރެއިލާ ދައްކާލައިފި އެވެ.

މާވެލް ސިނަމެޓިކް ޔުނިވާސްގެ ސުޕަ ހީރޯތަކަކަށް އަނެއްކާ ވެސް މަރުޙަބާ ކިޔާ މި ފިލްމުގައި ރިޗާޑް މެޑެން، ގެމާ ޗާން، ކުމައިލް ނަންޖިއާނީ، ލައުރެން ރިޑްލޮފް، ބްރިއަން ޓައިރީ ހެންރީ، ސަލްމާ ހަޔެކް، ލިޔާ މެކް ހުގް، ޑޮން ލީ، ބެރީ ކޮއެގާން، އެންޖީލާނާ ޖޯލީ އަދި ކިޓް ހެރިންޓަން ފެނިގެންދާނެ އެވެ.

ޓްރެއިލާގައި ފެނިގެންދަނީ ކެރެކްޓާތަކަށް ލިބިފައިވާ ތަފާތު ބާރުތަކާއި އެކްޝަން މަންޒަރުތަކެކެވެ. އަދި ޓްރެއިލާގައި ބޭނުންކޮށްފައި ހުރި މޮޅު ވިޝުއަލްގެ ސަބަބުން މިހާތަނަށް ބަލާފައިވާ މާވެލްގެ އެހެން ފިލްމުތަކާއި މި ފިލްމު ތަފާތުވާނެ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

https://www.youtube.com/watch?v=x_me3xsvDgk

"އެޓާނަލްސް" ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު އެވެ. މި ފިލްމަކީ 20 މިލިއަން ޑޮލަރުގެ ބަޖެޓެއް ގައި އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ރޭޔަން ފިރްޕޯ އަދި މެތިއު ކޭ ފިރްޕޯ އެވެ.