އެކްޝަން ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޓައިގާ ޝްރޯފްގެ ކުރިޔަށް އޮތް ފިލްމު "ގަނަޕަތް" ރިލީޒް ކުރާނެ ތާރީޚު އިއުލާންކޮށްފި އެވެ. މި ހަބަރު އާންމުނާ ހިއްސާކޮށްފައި ވަނީ ޓައިގާ ޝްރޯފް ކުރި ޓުވީޓެއްގަ އެވެ.

Adv by Coca Cola
Coca Cola
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

އެގޮތުން ޓައިގާ ޝްރޯފް އާއި ކްރީތީ ސަނޯން ލީޑް ރޯލުން ފެނިގެންދާނެ މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު 23 ގައިކަން ވަނީ އިއުލާންކޮށްފަ އެވެ.

ފިލްމު ރިލީޒް ކުރާނެ ތާރީޚު އިއުލާންކުރުމާ އެކު ޓައިގާ ވަނީ މި ފިލްމަކީ އޭނާއަށް އެންމެ ޗެލެންޖިން އެއް ފިލްމު ކަމަށް ބުނެފަ އެވެ. ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ޖެކީ ބަގްނާނީ ބުނިގޮތުގައި ކޮވިޑްގެ މި ބަލިމަޑުކަމުގެ ދަނޑިވަޅުގައި ފިލްމެއްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އެންމެންގެ އެއްބާރުލުމާއެކު މިކަން ވެސް ކާމިޔާބު ކުރެވޭނެ އެވެ.

މި ފިލްމް ޑައިރެކްޓް ކުރަނީ ވިކާސް ބާލް އެވެ. އަދި ޕްރޮޑިއުސްކޮށްފައި ވަނީ، ވާޝޫ ބަގްނާނީ، ވިކާސް ބާލް، ދީޕްޝިކާ ދޭޝްމުކް އަދި ޖެކީ ބަގްނާނީ އެވެ.