އާރް މާދަވަން އާއި ވިޖޭ ސެތްޕާތީގެ ތަމަޅަ ފިލްމްގެ ކާމިޔާބީއަށް ފަހު އެންމެ ގިނައިން ދެކެވެމުން އައި ވާހަކައަކީ ހިންދީ ރިމޭކެއް ކަމަށްވާ "ވިކްރަމް ވެދާ"ގެ ވާހަކަތަކެވެ.

ގިނަ ދުވަސްތަކެއްގެ މަޑު ޖެހުމަކަށްފަހު އަދި ކާސްޓުން ވެސް ބަދަލުކުރުމަށް ފަހު މިހާރު މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ތަރިންނަކީ ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ ސައިފް އަލީޚާން އާއި ރިތިކް ރޯޝަން ކަމަށް ވަނީ ބުނެފަ އެވެ.

މި ފިލްމުގެ މަސައްކަތްތައް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައިގައި ސާބިއާގައި ފަށާނެ ކަމަށް މިއަދު ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފަ އެވެ.

ތަމަޅަ ފިލްމުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ތްރިލާއެއް ކަމަށާއި މީގައި ދައްކުވައި ދެނީ ވިކްރަމްއަކީ ޕޮލިސް އޮފިސަރެއްގެ ގޮތުގަ އެވެ. އަދި ވެދާއަކީ ކުރިމިނަލް އެކެވެ.

ވިކްރަމް މަސައްކަތް ކުރަމުންދާނީ ވެދާ ހައްޔަރު ކުރެވޭތޯ އެވެ. ފަހުން ވެދާ އަމިއްލައަށް ފުލުހުންނަށް ހާޒިރުވެ، އޭނާ ކުރިމިނަލްއަކަށް ވާން ދިމާވި ސަބަބު ވިކްރަމްއަށް ކިޔާދޭނެ އެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ގާތް މީހަކު ބުނިގޮތުގައި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގަ އެވެ.

މި ފިލްމްގައި ސައިފް އާއި ރިތިކްގެ އިތުރުން ރާދިކާ އާޕްތޭ ފެނިގެންދާނެ އެވެ. އޭނާ ފެނިގެންދާނީ ވަކީލެއްގެ ގޮތުގަ އެވެ. އަދި އަކީ ވިކްރަމް ގެ އަންހެނުން ކަމަށް ވެސް ވެ އެވެ.