ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރި ކަމެއް މިހާތަނަށް އެނގިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި، އަލީ ވަހީދު ހައްޔަރުކުރިކަމުގެ މައުލޫމާތު އަދި އެއްވެސް ފަރާތަކުން ހިއްސާކޮށްފައެއް ނުވެ އެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައެއް ވެސް ނުވެ އެވެ.
އަލީ ހައްޔަރު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ފުލުހުންނެވެ. އަދި އޭނާ ހައްޔަރު ކުރީ މިއަދު ހަވީރު 4 ޖަހާއިރު އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅެނިކޮށެވެ.
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ. އަދި އެ ޖަލު ހުކުމް ތަންފީޒުކުރަން އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ހަމަހިމޭން ކަމުގައި ވަގުތު ހޭދަ ކުރަން ހިތް ނުތަނަވަސްވޭތަ؟

އަލީ ވަހީދު ޔޫކޭގައި ހައްޔަރުކޮށްފި