ކެފެއިންއަކީ އާއްމު ދިރިއުޅުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. ދިވެހިންގެ ތެރޭގައި މަގުބޫލު ކޮފީއިން ގިނަ އަދަދަކަށް ލިބޭ ކެފެއިންއާ ބެހޭގޮތުން އަހަރުމެންނަށް ހީވެފައިވާ ބައެއް ކުށްހީތަކަށް މި ލިޔުމުގައި ކުރު ގޮތަކަށް ބަލާލާނަމެވެ.

ކެފެއިން އަށް ދެވިހިފުން

ކެފެއިންއަށް ދެވިހިފުން ނުވަތަ "އެޑިކްޓް" ވުމަކީ ގިނަ ބައެއްގެ މެދުގައި ވަރަށް އާއްމު ވާހަކަ އެވެ. ނަމެވެސް ހަގީގަތަކީ ކެފެއިންއަކީ ދެވި ހިފާ ފަދަ އެއްވެސް މާއްދާއެއް އެކުލެވިގެންވާ އެއްޗެއް ނޫން ކަމެވެ. ކެފެއިން ބޭނުން ކުރުން އެއްފަހަރާ ހުއްޓާލައިފި ނަމަ ހޮޑުލުމާއި ބޯއެނބުރުން ފަދަ ކަންތައް ކުރިމަތިވި ނަމަވެސް މިއީ ގިނަވެގެން 24 ގަޑިއިރަށް ދެމިގެންދާނެ ކަންކަމެވެ.

ކެފެއިން އިން ހިތުގެ ބަލި ޖެހުން

މިހާތަނަށް ހެދިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ކެފެއިން ބޭނުން ކުރުމަކީ ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެއް ނޫނެވެ. އެގޮތުން ކެފެއިން ބޭނުންކުރުމުން ކޮލެސްޓްރޯލް އަދި ހިތުގެ ވިންދަށް އެއްވެސް ކަހަލަ ބަދަލެއް ނާންނަ ކަމަށް މި ދިރާސާތަކުގައި ބުނެފައިވެ އެވެ.

ކެފެއިން އިން ދަރިމައިވުމުގެ މައްސަލަތައް ދިމާވުން

ބަލިވެ އިނުމަށް މަސައްކަތް ކުރާ އަންހެނުން ކެފެއިން އާ ދުރުވެ ތިބުން މުހިއްމު ކަމަށް ބުނެ އުޅެ އެވެ. މިކަމާ ބެހޭގޮތުން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި މެދުމިނެއްގައި ކެފެއިން ބޭނުން ކުރުމަކީ މާބަނޑު އަންހެނުންނަށާއި ބަނޑުގައިވާ ދަރިފުޅަށް ރައްކާހެރި ކަމެކެވެ.