މާލޭގައި އެންމެ ގިނަ ކެފޭ ހުންނަ އެއް ސަރަހައްދު ކަމަށްވާ ކާނިވާ ސަރަހައްދުގައި ގާ އަތުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ކާނިވާ ސަރަހައްދުގައި ގާ އަތުރަށް ފަށާފައިވާކަން އިއުލާނުކޮށްފައި ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގަ އެވެ.

އެ ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެތަނުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

މީގެ ކުރިން ސިޓީ ކައުންސިލުން ބުނެފައިވަނީ ކާނިވާ ސަރަހައްދުގައި ހަދަނީ ހަތަރު ފުރޮޅުލީ އުނޅަދު ފަހަރު ޕާކު ކުރުމަށްޓަކައި ޕާކިން ޒޯނެއް ކަމަށެވެ.

ކާނިވާ ސަރަހައްދަކީ ވަރަށް ގިނަ ކެފޭތައް ހުންނަ ސަރަހައްދަކަށްވާއިރު ގިނަ ބަޔަކު އެ ތަންތަނުން ކޮންމެ ދުވަހަކު ވެސް ހިދުމަތް ހޯދަ އެވެ. އަޑިގުޑަން ބޮޑުވެ އަދި ވިއްސާރަ ދުވަސްތަކުގައި ވަރަށް ބޮޑަށް ފެން ހެދި އެ ސަރަހައްދު ހަޑިކޮށް އޮންނާތީ އާންމުންގެ ޝަކުވާ ބޮޑެވެ.