ޓައިގާ ޝްރޯފް އޭނާގެ އާއިލާއާއެކު މުމްބާއީގެ ބޭންޑްރާގައި ދިރިއުޅެމުންދާ އެޕާޓްމަންޓް ދޫކޮށް އޭނާގެ އަމިއްލަ ގެއަކަށް ބަދަލުވެއްޖެ އެވެ. ޓައިގާ ޝްރޯފްގެ ކޮއްކޮ މިވަނީ އެގެއާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

އޭނާ ބުނިގޮތުގައި އެ އާއިލާ އެގެއަށް ބަދަލުވިތާ މިހާރު މިވަނީ ތިން ހަފްތާ ވެފަ އެވެ.

ކްރިޝްނާ ޝްރޯފް ބުނީ ކުރިން އެ މީހުން ދިރިއުޅެމުން ދިޔައީ ކުއްޔަށް ދޫކޮށްފައި ހުރި އެޕާޓްމެންޓެއްގައި ކަމަށާއި ނަމަވެސް މިހާރު މި ބަދަލުވީ ޓައިގާ ޝްރޯފްގެ އަމިއްލަ ގެއަކަށް ކަމަށެވެ.

https://www.instagram.com/p/CIGHC-ksxSI/?utm_source=ig_embed&ig_rid=db00ce26-9dfa-4a91-962d-cd65a697ca6e

އޭނާ އިތުރަށް ބުނިގޮތުގައި އާ ގެއަށް ބަދަލުވި ފަހުން ބައްޕަ ޖެކީ ޝްރޯފް ގިނަ ވަގުތު ގޭގައި ހޭދަކުރުމަށް އިސްކަންދެ އެވެ. ގޭގެ އިންޓީރިއާ މަސައްކަތްތައް ކޮށްފައިވަނީ އޭނާގެ މަންމަ އާއި ޖޯން އަބްރަހަމްގެ ކޮއްކޮ އަލާން އަބްރަހަމް އެވެ.

https://www.instagram.com/p/CS6dEZ_sFth/

ކްރިޝްނާ ބުނެފައިވާ ގޮތުގައި ހުރިހާ ކަމަކަށް ވުރެ ބޮޑަށް އެންމެ އުފާވަނީ އެހާ ބޮޑު ރީތި ގެއެއް ޓައިގާގެ މިލްކިއްޔާތުގައި ހުރުމުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޓައިގާ ވަނީ އޭނާ އޭނާގެ މަންމައަށް ގެއެއް ގަނެދޭނެ ކަމަށް ވައުދުވެފައިވާނެ ކަމަށް ބުނެފަ އެވެ.

އޭނާ ވަނީ ކުޑައިރު އެ އާއިލާ ބޭންކްރަޕްޓްވެގެން އުޅެން ޖެހުނު ހިތްދަތި ހަނދާންތަކުގެ ވާހަކަ ވެސް މި އިންޓަވިއުގައި ހިއްސާކޮށްފަ އެވެ.